Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ކޯޑިން ދާއިރާއަށް ޝައުގުވެރިވާ 85 ޒުވާނުންނާ އެކު ޔޫތު ހެކަތޯން ފަށައިފި

ކޯޑިން ދާއިރާއަށް ޝައުގުވެރިވާ 85 ޒުވާނުންނާ އެކު ޔޫތު ހެކަތޯން ފަށައިފި

ކޯޑިން ދާއިރާއަށް ޝައުގުވެރިވާ 85 ޒުވާނުންނާ އެކު ޔޫތު ހެކަތޯން ފަށައިފިއެވެ.

ކޯޑިން ދާއިރާއަށް ޝައުގުވެރިވާ ޒުވާނުންނަށް ހާއްސަކޮށްގެން ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާއި ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ޔޫތު ހެކް (ޓެކް ފެއަރ) 2025 ފެށީ އިއްޔެއެވެ.

މިއީ ތިން ދުވަހަށް ކުރިއަށް ގެންދާ ހަރަކާތެކެވެ. މެދުނުކެނޑި 48 ގަޑިއިރަށް ކުރިއަށް ގެންދާ މި ހަރަކާތުގައި ޓީމްތަކުން، ތަފާތު ހަތަރު ތީމެއް ޓިކް އޭރިއާއަށް ޕިޗް ނުވަތަ ހުށަހެޅުންތައް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement
Allied Insurance — Square (box)

މި މުބާރާތުގައި، ބައިވެރިންގެ ހުށަހެޅުންތަކުން ޓެކްނޮލޮޖީގެ އެހީގައި މުޖުތަމައުގައި މިވަގުތު ހުރި މައްސަލަތަކަށް ހައްލު ހޯދުމަށާއި މުޖުތަމައަށް ފައިދާ ކުރަނިވި އާ އުފެއްދުންތައް ފަރުމާ ކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް އެވުޒާރާއިން ބުނެއެވެ.

ބައިވެރިންގެ ހުށައެޅުންތަކުގެ ތެރެއިން 1ވަނަ 2ވަނަ އަދި 3ވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން 1ވަނައަށް ހޮވޭ ފަރާތަކަށް 1 ލައްކަ ރުފިޔާ، 2 ވަނައަށް ހޮވޭ ފަރާތަކަށް 75،000 ރުފިޔާ އަދި 3 ވަނައަށް ހޮވޭ ފަރާތަކަށް 50،000 ރުފިޔާގެ ފައިސާގެ އިނާމު އަދި ސްޕޮންސަރގެ ފަރާތުން ހަދިޔާކުރާ އިނާމްތައް ލިބޭނެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް