ޚަބަރު

އާއްމުންނަށް އުނދަގޫވި ސްޕީޑް ބްރޭކަރުތައް ނަގައިފި

ނުޙާ އަޙްމަދު ، ދެން އޮންލައިން

އުޅަނދުތަކުގެ ސްޕީޑު ކޮންޓުރޯލް ކުރުމަށް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިދިޔަ ސެޕްޓެމްބަރު މަހު ހުޅުމާލޭގެ މަގުތަކުގައި ހަރުކުރި ސްޕީޑް ބްރޭކަރުތައް ނަގައިފިއެވެ.

Ads by STELCO

ހުޅުމާލޭގެ މައި މަގު، ނިރޮޅު މަގުގައި ހަރުކުރި މި ބަމްޕަރުތަކާއި ގުޅިގެން އާންމުންގެ ކަންބޮޑުވުންތައް ވަނީ ފާޅުކޮށްފައެވެ. ކިތަންމެ މަޑުން ދުއްވި ނަމަވެސް، އެ ބްރޭކަރުން އަރައިފައިބާއިރު، އުނަގަނޑުގައި ރިއްސާކަމަށް ޢާންމުންދަނީ ބުނަމުންނެވެ. އަދި އަގުބޮޑުކޮށް ގަނެފައި ހުންނަ ވެހިކަލްތަކަށް ދެވޭ ގެއްލުމެއް ކަމަށް ގިނަބަޔަކު ވަނީ ބުނެފައެވެ.

"ދެން" އަށް އެނގިފައިވާ ގޮތުގައި އެ ސްޕީޑް ބްރޭކަރުތައް ނަގައިފައި ވަނީ ރޭގެ ވަގުތެއްގައެވެ. އެ ބަމްޕަރުތައް ނެގި ނަމަވެސް އެކަމާއި ގުޅިގެން އެޗްޑީސީ އަދި ފުލުހުންގެ ވެސް ބަހެއް މިހައިތަނަށް ލިބިފައެއް ނުވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!