ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ހުޅުވައިލައިފި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވައިލައިފިއެވެ.
ޖޭއެސްސީއިން ކުރި އިއުލާނުގައިވާގޮތުން އެ ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ ދެ މަގާމަށް ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 21 ވަނަ ދުވަހުގެ 12:00އަށް އޮންނާނެއެވެ.
ހައިކޯޓުގެ ދެ ފަނޑިޔާރެއްގެ މަގާމު ހުސްވެފައި ވަނީ އެކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި މުހައްމަދު ނިޔާޒު ރިޓަޔާކުރެއްވުމުންނާއި ފަނޑިޔާރު މުހައްމަދު ފައިސަލް މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
ޖޭއެސްސީއިން ކުރި އިއުލާނުގައިވާ ގޮތުން، ހައިކޯޓުގެ ފަނޑިޔާރެއްގެ އަސާސީ މުސާރައަކީ 45،700ރ.އެވެ. ލިވިން އެލަވަންސްގެ ގޮތުގައި 18،000ރ. އަދި ރިސްކް އެލަވަންސްގެ ގޮތުގައި 3،300ރ. ލިބޭނެއެވެ.
