ޚަބަރު

ތައިލޭންޑުން އުފައްދާ ތިން ބޭހެއްގައި ނުރައްކާތެރި ކެމިކަލް، ސަމާލުވޭ!

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ތައިލޭންޑުން އުފައްދާ ތިން ބޭހެއްގައި ނުރައްކާތެރި ކެމިކަލެއް ހުރިކަން ފާހަގަ ކުރެވިގެން ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން އިލްތިމާސްކޮށްފިއެވެ.

Ads by MPL

އެމްއެފްޑީއޭއިން ބުނީ، ތައިލެންޑުގެ ބޭސް ރެގިއުލޭޓްކުރާ އޮތޯރިޓީއިން ކުރި ތަހުލީލުތަކުން 3 ބޭހެއްގައި ނުރައްކާތެރި ކެމިކަލެއް ހުންނަން ޖެހޭ މިންވަރަށް ވުރެ އިތުރަށް ހުރިކަމަށް ސައުތް އީސްޓް އޭޝިއާ ރީޖަން ނެޓްވޯކްއިން އެމްއެފްޑީއޭއަށް އަންގާފައިވާކަމަށެވެ.

އެގޮތުން ހަކުރުބަލީގެ މީހުން ބޭނުންކުރާ ބޭހެއްކަމުގައިވާ މެޓްފޯމިން ހައިޑްރޯކްލޮރައިޑް 750 މގ އާއި ރެނިޓިޑން 150 މގ އާއި ވިޓަމިން އޭ – ރެޓިނޯލް 60މގ ގެ ބޭހުގެ ބެޗުތަކުގައި މި މައްސަލަ ޖެހިފައިވާކަމަށް އެމްއެފްޑީއޭއިން ވިދާޅުވެއެވެ.

މީގެ އިތުރުން އެމްއެފްޑީއޭއިން ބެލި ބެލުމުން މި ބުރޭންޑުގެ، މި ބޭސް ރާއްޖެއަށް އިންޕޯޓްކޮށްފައި ނުވާކަން އެމްއެފްޑީއޭއިން ފާހަގަކުރެއެވެ. ނަމަވެސް ތައިލެންޑަކީ ގިނަ ޢަދަދަކަށް ދިވެހީން ބޭސްފަރުވާއަށް ގޮސްއުޅޭ ޤައުމަކަށްވުމުން، ތައިލެންޑުން ބޭސް ގަތުމުގައި ސަމާލުވުމަށް އެ އެމްއެފްޑީއޭއިން އިލްތިމާސްކުރެއެވެ.

Ads by HDC