Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ރާއްޖޭގެ ޑިވޮލޮޕްމަންޓް ބޭންކަށް 10 މެނޭޖަރުން ހޯދަނީ

ރާއްޖޭގެ ޑިވޮލޮޕްމަންޓް ބޭންކަށް 10 މެނޭޖަރުން ހޯދަނީ
މޯލްޑިވްސް ޑިވޮލޮޕްމަންޓް ބޭންކް(އެމްޑީބީ)އަށް 10 މެނޭޖަރުން ހޯދަން މިއަދު އިއުލާންކޮށްފިއެވެ. އެމްޑީބީ އޮޕަރޭޓްކުރަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ލައިސަންސް ދޫކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުއެވެ. އޭގެ ފަހުން އަހަރެއް ފާއިތުވިއިރު ވެސް އެ ބޭންކުގެ މަސައްކަތްތައް ފެށިފައި ނުވާއިރު މިދިޔަ އަހަރުގެ ޑިސެމްބަރު މަހާއި މި އަހަރުގެ ޖުލައި އަދި ސެޕްޓެމްބަރު މަހު ބައެއް މަގާމުތަކަށް މީހުން ހޯދަން އިއުލާން ކޮށްފައިވެއެވެ. ނަމަވެސް ބައެއް އިއުލާންތައް ވަނީ ބާތިލު ވެސް ކޮށްފައެވެ. މިއަދު ސަރުކާރުގެ ގެޒެޓުގައި ވަނީ އެ ބޭންކަށް 10 މެނޭޖަރުން ހޯދަން އިއުލާންކޮށްފައެވެ. މެނޭޖަރުން ހޯދާ ބައެއް ސެކްޝަންތަކުގެ ތެރޭގައި:
  • އިންޓާނަލް އޮޑިޓް
  • ލީގަލް
  • ކްރެޑިޓް އެންޑް ރިސްކު
  • ހިއުމަން ރިސޯސާސް
  • ފައިނޭންސް
  • އައިޓީ
  • ކޮމްޕްލަޔަންސް
މި މަގާމުތަކަށް މުސާރައާއި އިނާޔަތްތަކާ އެކު 20،000ރ އާއި 45،000ރ ލިބެއެވެ. އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލައިފައި ވަނީ އަންނަ ހޯމަ ދުވަހާ ހަމައަށެވެ. އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ކުރިން ވިދާޅުވީ، އެ ބޭންކަަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި އިއުލާންކުރައްވައިފައިވާ އިޤްތިސާދީ ތަރައްގީއަށް އެޅުނު ތާރީހީ މޭލުގަލެއް ކަމަށެވެ. އަދި އެ ބޭންކު މެދުވެރިކޮށް ކުރިމަގުގައި ރާއްޖޭގެ ރިސޯޓުތަކާއި ގެސްޓްހައުސްތައް ތަރައްގީކުރަން ބޭރުގެ ބޭންކުތަކާ ގުޅިގެން މާލީ އެހީތެރިކަން ހޯދޭނެ ކަމަށެވެ. އަދި އޭގެ ސަބަބުން ރިސޯޓުތަކުގެ ދިވެހިންގެ އަތްމައްޗަށް އަންނާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް