ޚަބަރު

ރޭ އެކަނި ވެސް 23 ބިދޭސީއަކާ ސުވާލު ކުރެވުނު: ފުލުހުން

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ދަންވަރު މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވައި ޤާނޫނީ ފިޔަވަޅު އަޅަންޖެހޭ ފަދަ ކަމެއް ހިނގާ ނަމަ އެކަމެއް ހުއްޓުވަން ރައީސުލްޖުމްހޫރިއްޔާ އެންގެވި އެންގެވުމާ ގުޅިގެން، ފެށި މަސައްކަތުން މާލޭ މަގުމަތިން ރޭ އެކަނި ވެސް 23 ބިދޭސީއަކު ހުއްޓުވައި ސުވާލުކޮށްފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

Ads by STELCO

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، ރޭ ސުވާލު ކުރެވުނު 23 ބިދޭސީންގެ ތެރެއިން ޤަވައިދާ ޚިލާފަށް އުޅެމުންދިޔަ ބިދޭސީއަކު އިމިގްރޭޝަނާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށާއި މި އޮޕަރޭޝަން މާލެއާއި ހުޅުމާލޭގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ހިންގަމުންދާ ކަމަށެވެ.

މީގެ އިތުރުން އެއްވެސް ބޭނުމެއްނެތި ބޭރުގައި އުޅޭ ބިދޭސީން ވެސް ހުއްޓުވައި މަޢުލޫމާތު ސާފުކުރަމުން ގެންދާކަމަށާއި ޚާއްސަކޮށް މާލެއާއި ހުޅުމާލޭގެ އާންމު ތަންތަނުގައި ނިދާ އުޅޭ ބިދޭސީންގެ ޙާލަތު ބަލައި، އެފަރާތްތައް ރާއްޖޭގައި ދިރިއުޅެމުންދަނީ ޤަވައިދާ އެއްގޮތަށްތޯ ބެލުމުގެ މަސައްކަތް ވެސް ކުރެވޭ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.