ޚަބަރު

މާލެ ސަރަހައްދުން މިއަހަރު 967 ސައިކަލު ގެއްލުނު

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
މާފަންނުގައި އޮންނަ ޕާކިންްގް ޒޯނެއް

މާލެ ސަރަހައްދުން އެންމެ ގިނައިން ވަގަށް ނަގަނީ ސައިކަލު ކަމަށާއި، މިއަހަރު 967 ސައިކަލު ގެއްލިގެން ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

Ads by MPL

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުالله ރަޝީދު ވިދާޅުވީ، ސައިކަލު ވަގަށް ނަގަން ފަސޭހަ ވަނީ ޝަޓާ ލޮކް ނާޅުވައި ހުންނާތީ ކަމަށެވެ. އެހެންވުމުގެ ސަބަބުން ތަޅުދަނޑި ހަރައިގެން ސައިކަލު ހުޅުވަން ވަރަށް ފަސޭހަވެގެންދާކަން ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ މިއަަހަރު 967 ސައިކަލު ގެއްލިފައިވާ ކަމަށާއި އޭގެތެރެއިން 856 ސައިކަލު ހޯދާފައިވާނެ ކަމަށެވެ. އެއީ ޕަސެންޓޭޖުން ބަލާނަމަ ގެެއްލުނު ސައިކަލުގެ 89 ޕަސެންޓެވެ.

އަބްދުالله ރަޝީދު ވިދާޅުވީ، މުޅި ޖުމްލަ މާލެއިން މިއަހަރު ރިޕޯޓުކޮށްފައިވާ މައްސަލަތަކުގެ 41 ޕަސެންޓަކީ ވައްކަމުގެ މައްސަލަތައް ކަމަށެވެ. ވައްކަމުގެ މައްސަލަތަކުގެ 67.9 ޕަސެންޓަކީ ސައިކަލުގެ ވައްކަމެވެ. ދެން އޮތް 23 ޕަސެންޓުގައި ހިމެނެނީ މޯބައިލް ފޯނުގެ ވައްކަންތައް ކަމަށެވެ.

މާލޭގައި ތަކުރާރުކޮށް ކުށްކުރާ ގާތްގަނޑަކަށް 1000 މީހުން އުޅޭ ކަމަށާއި އެ މީހުންގެ ތެރޭގައި 128 ފަހަރު ހައްޔަރުކޮށްފައިވާ މީހުންނާއި 50 ފަހަރު ހައްޔަރު ކޮށްފައިވާ މީހުން ހިމެނޭ ކަމަށް އަބްދުالله ރަޝީދު ވިދާޅުވިއެވެ.

މިފަދަ މައްސަލަތައް ހުއްޓުވޭނީ ރައްޔިތުން ވެސް ސަމާލުކަން ދީގެންކަން ރަޝީދު ފާހަގަކުރެއްވިއެވެ. އެގޮތުން ސައިކަލުގެ މަޑިދަށުގައި އަގު ބޮޑެތި ތަކެތި ނުބެހެއްޓުމާއި ސައިކަލު ރަނގަޅަށް ލޮކްކުރުމަށް ވަނީ އިލްތިމާސްކުރައްވައިފައެވެ. އަދި ޗުއްޓީގައި ރަށުން ބޭރަށް ދާނަމަ ރަނގަޅަށް ގޭގެ ދޮރު ލޮކްކުރުމަށް ވެސް ވަނީ އިލްތިމާސް ކުރައްވައިފައެވެ.

Ads by Ooredoo