މި އަހަރުގެ ކާމިޔާބީއަކީ ޓޫރިޒަމް އާމްދަނީގެ ކުރިއެރުން
ޓޫރިސްޓުން އަންނަ އަދަދު ކިޔުމަކީ ސަރުކާރުތަކުގެ އާދައެވެ. ޓޫރިސްޓުން ބޯގުނުމަކީ ސަރުކާރު ތަކުން އަބަދު ވެސް ކުރާ ކަމެކެވެ. މިދިޔަ 2018ވަނަ އަހަރު އައިސްފައި ވަނީ 1.8 މިލިއަން ޓޫރިސްޓުންނެވެ. އަދި އޭގެ ދެ އަހަރުފަހުން އައި ކުރިއެރުމާ އެކު މިހާރު ވަނީ 2 މިލިއަން ޓޫރިސްޓުން އައިސްފައެވެ. ނަމަވެސް އާމްދަނީގެ މާބޮޑު ކުރިއެރުމެއް ނުލިބެއެވެ. ނަމަވެސް މި އަހަރު ވެގެން މިދަނީ މިފަހުން ޓޫރިޒަމަށް އެންމެ ބޮޑު ކުރިއެރުމެއް އައި އަހަރަށެވެ. އެކަން އެނގެނީ ސަރުކާރުން އާއްމުކުރި ތަފާސް ހިސާބުތަކުންނެވެ.
ޓޫރިޒަމް އެންޑް އެންވަޔަރުމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވީ، މި އަހަރު ޓޫރިޒަމްގެ އާމްދަނީ ކުރިން ހުންނާނެ ކަމަށް އަންދާޒާ ކުރެވުނީ 13.8 ޕަސެންޓެވެ. އަދި ލިބޭނެ ކަމަށް އަންދާޒާ ކުރެވިފައި ވަނީ 5.4 ބިލިއަން ރުފިޔާއެވެ. ނަމަވެސް މިހާރު މި އަހަރު ލިބޭނެ އާމްދަނީ 5.5 ބިލިއަން ޑޮލަރަށް އިތުރުވާނެ ކަމަށް ވަނީ އަންދާޒާ ކުރެވިފައެވެ. މިއީ ކުރިން އަންދާޒާ ކުރި ވަރަށްވުރެ އިތުރުވުމެކެވެ.
މިވަރުގެ އިތުރުވުމެއް އައީ ކީއްވެގެން ހެއްޔެވެ؟
މި ކުރިއެރުމެއް އެންމެ ބޮޑު ބާރެއް ލިބިގެން ދިޔައީ ޓޫރިޒަމް މާކެޓިންގައި ހިންގި ހަރަކާތްތަކާއި ޓެކްސް ރޭޓްތަކަށް އައި ބަދަލާ އެކު ވެސް ރާއްޖޭގެ ބްރޭންޑުގެ ވަރުގަދަ ކަމެވެ. ރާއްޖޭގެ ޓޫރިޒަމަށް އޮތް އިތުބާރު ބޮޑުވުމެވެ. ރާއްޖޭގެ ޓޫރިޒަމް ފެސިލިޓީތައް އިތުރުވުމާ އެކު އަންނަ ކުރިއެރުމެވެ.
މިއަހަރު ޓޫރިޒަމް
ހަ ރިސޯޓް
197 ގެސްޓްހައުސް
03 ހޮޓާ
22 ސަފާރީ
45 ޑައިވް ސެންޓަރު
50 ހޯމް ސްޓޭ
391 ޓްރެވަލް އެޖެންސީ
މިނިސްޓަރު ވިދާޅުވީ، މިހާރު އަމަލު ކުރަމުން ގެންދާ ޓޫރިޒަމް މާސްޓަ ޕްލޭންގެ އަމާޒަކީ، ޓޫރިޒަމް ހަ ބިލިއަން ޑޮލަރަށް މަތި ކުރުންކަމަށާ މިހާރުގެ މަސައްކަތްތަކާ އެކު ދަނީ އެ އަމާޒަށް ވާސިލްވަމުންނެވެ. އަދި މިދިޔަ އަހަރު ޓޫރިޒަމަށް ލިބުނީ 4.7 ބިލިއަން ޑޮލަރުގެ އާމްދަނީއެއް، ނަމަވެސް މި އަހަރު 5.4 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް އަންދާޒާ ކުރެވުނެވެ. ނަމަވެސް މިއަދާ ހަމައަށް ފޯކާސްޓްއަކީ 5.5 ބިލިއަން ޑޮލަރު ލިބުމެވެ.
މިބަދަލު އައިއިރު ޓޫރިސްޓުން ރާއްޖޭގައި ތިބި އަދަދު ވަނީ އިތުރުވެފައެވެ. އަދި އެވްރެޖުކޮށް ރާއްޖޭގައި ރޫމް ވިއްކާ އަގު ވެސް ވަނީ 300 ޑޮލަރުން 450 ޑޮލަރަށް އިތުރުވެފައެވެ. މިއީ ޓޫރިޒަމް އޯނަރުންނަށް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމެވެ.


