ޚަބަރު

މަރަދޫގައި ތަރައްޤީކުރި "މަސްޖިދުއްރައްޔާން" ހުޅުވައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

އައްޑޫ ސިޓީގައި މަރަދޫގައި އަލަށް ތަރައްޤީކުރި "މަސްޖިދުއްރައްޔާން" މިއަދު ހުޅުވައިފިއެވެ.

Ads by STELCO

މިއަދު ހުކުރު ނަމާދަށް މި މިސްކިތް ހުޅުވައިދެއްވީ، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު ޢަބްދުލްއަޒީޒް ޖަމާލް އަބޫބަކުރެވެ.

މި މިސްކިތަކީ ސަރުކާރުގެ ޚަރަދުގައި އިމާރާތް ކުރި މިސްކިތެކެވެ. މި މިސްކިތަކީ 500 މީހުންގެ ޖާގައިގެ މިސްކިތެއްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތުދެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިނާކުރަމުންގެންދާ މިސްކިތްތަކުގެ ތެރެއިން 15 ވަރަކަށް މިސްކިތުގެ މަޝްރޫޢު ނިންމައި، ރަމަޟާން މަހުގެ ކުރިން ހުޅުވޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އެގޮތުން މިއަދުގެ ހުކުރު ނަމާދަށް، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރި "މަސްޖިދުލްއީމާން" ވެސް ވަނީ ހުޅުވާފައެވެ.