ރިޕޯޓް

މާފުށީގެ ދެ ފަރާތް ހިއްކިއިރު، މި މީހުން ކޮބާ ؟

  • ރައީސް ސޯލިހުގެ ވެރިކަމުގައި މާފުށީގެ ދެ ފަރާތުގައި ދެ ރަށް ހިއްކިއެވެ. އޭރު އެ ރަށުގައި ޓޫރިޒަމް ހިންގާ ބަޔަކު އިހުތިޖާޖެއް ނުކުރެ އެވެ
ފާތިމަތު އަފްނާން ، ދެން އޮންލައިން
ރަސްމާލެ ހިއްކުމާ ދެކޮޅަށް އިހުތިތާޖު ކުރަން ކަނޑުމަތީގަ

ރަސްމާލެ ހިއްކަން ސަރުކާރުން ކުރިއަށް ގެންދަނީ މުހިންމު މަޝްރޫއެކެވެ. އަދި އެ މަޝްރޫއު ކުރިއަށް ގެންދަނީ ތިމާވެށީގެ ގޮތުގައި ހަދަން ޖެހޭ ހުރިހާ ދިރާސާތަކެއް ހަދައި އެންމެ ގެއްލުން ކުޑަވާނެ ގޮތެއްގެ މަތިންނެވެ. މި މަސައްކަތް ކުރަނީ ދުނިޔޭގެ އެންމެ ބޮޑު ޑްރެޖަރުންނެވެ. މިއީ އިންޓަނޭޝަނަލީ ގަބޫލުކުރާ މިންގަނޑުގެ ތެރޭން ކުރިއަށް ގެންދާ މަޝްރޫއެކެވެ. ނަމަވެސް މަޝްރޫއުގެ ފުރަތަމަ ބައި ނިމިދާނެހެން ހީވެފައިވަނިކޮށް ތިމާވެށީގެ ހިމާޔަތުގެ ނަމުގައި ބަޔަކު މިވަނީ އެކަމާ ދެކޮޅަށް ނިކުމެފަ އެވެ. މިކަމުގެ ޖަޑިބުންގެ ގޮތުގައި ތިބީ މާފުށީގައި ޓޫރިޒަމް ހިންގާ އިސް ފަރާތްތަކަށެވެ. ނަމަވެސް މިކަން ހިންގާ ބައެއްގެ އިހުސާސްތެރިކަމާއި މަގުސަދާމެދު މިވަނީ ސުވާލު އުފައްދަން ޖާގަ ލިބިފަ އެވެ. ފުރަތަމަ ސުވާލަކީ މިކަން ކުރާ މަގުސަދެވެ. މާފުށީގައި ހިމެނޭ ޓޫރިޒަމް ބަޔަކު މިކަން ކުރާނަމަ މާފުށި ހިއްކިއިރު މި މީހުން ކޮބައި ހެއްޔެވެ؟

Ads by STELCO

މާފުށީގެ އެއް ފަރާތުގައި "މަންތާ އައިލެންޑް" ގެ ނަމުގައި ރަށެއް ހިއްކީ މިދިޔަ އެމްޑީޕީގެ ވެރިކަމުގަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުޑަރަށެއް ބޮޑު ރަށެއް ނުބަލާ މަޝްރޫއުތައް ބަހާލި ދުވަސްވަރު މާފުށީގެ އެއް ފަރާތުގައި މީހުން ދިރިއުޅެން ރަށެއް ހިއްކި އެވެ. އަދި އަނެއް ކޮޅުގައި ޕިކްނިކް ދާން ވެސް ރަށެއް ހިއްކައިދިނެވެ.

އެމްޓީސީސީގެ މަހާޖައްރާފު މާފުށީ ކައިރީގައި ބާއްވައިގެން އެތާ ކައިރިން ވެލި ދަމައިގެން އެ މަސައްކަތްކުރި އަވަސް އަރުވާލައިގެންނެވެ. ނަމަވެސް އެފަހަރުވެސް މަސައްކަތް ކުރީ މިހާރުވެސް ކުރާ ގޮތަށް މިގަނޑުތަކާއި ސްޓޭންޑަޓްތަކެއް ފޮލޯކޮށްގެންނެވެ. އެހެންވީއިރު އޭރު މާފުށީ ތިމާވެށި ހަލާކު ވެގެން އެ މީހުންނަށް ޑައިވް ނުކުރެވޭތީ ނޫޅުނީ ކީއް ވެގެން ހެއްޔެވެ؟ އޭރު ތިމާވެއްޓަށް ގެއްލުންވެދާނެ ތީ އުޅޭ ބޭރުން ފަންޑިން ލިބޭ ތިމާވެށީގެ ޖަމިއްޔާތައް ކޮބައި ހެއްޔެވެ؟ 

މި ވާހަކަ ބާއްވާފަ މާފުށީގެ ޓޫރިޒަމް ހިންގާ އެެރީނާ ހޮޓެލްއިން މާފުށ ބުޑުގައި އޮތް ފަޅެއް ވަނީ ހިއްކާ ނިންމާލާފަ އެވެ. ސުވާލަކީ އެފަޅު ހިއްކިއިރު، ތިމާވެއްޓަށް ގެއްލުން ނުވޭ ހެއްޔެވެ؟ ހަގީގަތަކީ އެ މަސައްކަތް ވެސް ކުރީ ހަމަ އެމްޓީސީސީ އިންނެވެ. މިފަދަ މަަސައްކަތް ތަކަކީ ސްޓޭންޑަޑް ތަކެއް ބަލައިގެން ކުރާ މަސައްކަތް ތަކެވެ. މަސައްކަތް ކުރަން ޖެހޭތީ އެ ސަރަހައްދުގައި ހުންނަ މުރަކަތައް އެހެން ތަނަކަށް ބަދަލު ކުރުމާއި ގެއްލުން ކުޑަވާނެ ގޮތްތަކެއް މަސައްކަތް ފެށުމުގެ ކުރިން ކުރެ އެވެ.

މި ފަޅު ހިއްކުން ބާއްވާފަ ގުޅީފަޅާއި ގިރާވަރު ފަޅުފަދަ ތަންތަން އެމްޑީޕީ ސަރުކާރުގައި ވެސް ހިއްކި އެވެ. އެކަމަކު ޑްރެޖަރު ބުޑަށް ގޮސް މުޒާހަރާއެއް ނުކުރެ އެވެ. އެކަން ކުރަން އިސް ނަގާނެ ބަޔަކު ވެސް ނުވެ އެވެ. ނަމަވެސް ރަސްމާލެ ހިކި ނިމިދާނެހެން ހީވުމުން ބަޔަކު ނެރިގެން މިކަން ކުރާ ސަބަބަކީ ހަގީގަތުގައިވެސް ތިމާވެށީގެ ހައްގުގައި ކުރާކަމެއް ނޫންކަން ޔަގީންވެ އެވެ.

މިކަން ކުރާ ހަގީގީ ސަބަބަކީ ރަސްމާލެ ހިއްކުން މަޑު ޖެއްސުމެވެ. ސަބަބަކީ މި ސަރަހައްދުން ގިނަ ބަޔަކަށް ބޯހިޔާވަހިކަން ދީފިނަމަ ސިޔާސީ ގޮތުން ބަޔަކަށް ވެދާނެ ތަދެއްގެ ފަރުވާ ލިބޭ ތޯ ބެލުން ނޫން އަޅެއް ދެން ކޮން ކަމެއް ހެއްޔެވެ؟

Ads by Allied Insurance