ޚަބަރު

ގޯއްޗާއި ފުލެޓަށް ކުރިމަތިލުމުގެ ފުރުސަތު ޖަނަވަރީ 15ގައި ހުޅުވައިލަނީ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ސަރުކާރުގެ "ޢާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމްގެ ދަށުން، ގޯއްޗާއި ފުލެޓަށް ކުރިމަތިލެވޭ އުސޫލުތައް ބަދަލުކޮށް، ގޯއްޗާއި ފުލެޓަށް ހުށައެޅުމުގެ ފުރުސަތު ހުޅުވާލާނެ ތާރީހް އިއުލާނުކޮށްފިއެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ވަނީ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން، "ޢާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމްގެ އުސޫލުތައް ގެޒެޓްކޮށްފައެވެ. އަދި މި އުސޫލުގެ ދަށުން ގޯއްޗާއި ފުލެޓަށް ކުރިމަތިލުމަށް ހުޅުވާލުމަށް ހަމަޖެހިފައި ވަނީ 15 ޖަނަވަރީ 2026 އިން ފެށިގެން 14 އޭޕްރީލް 2026 ގެ ނިޔަލަށް ކަމަށާއި ޝަރުތު ހަމަވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅާނީ https://hiyaavehi.housing.gov.mv/ ޕޯޓަލް މެދުވެރިކޮށް ކަމަށް އެ ވުޒާރާއިން ބުނެއެވެ.

މި އުސޫލުގެ ދަށުން މާލެ ސަރަހައްދުންނާއި ރަސްމާލެ އިން ދޫކުރަން ހަމަޖެހިފައިވަނީ 7،900 ފްލެޓާއި 1،250 އަކަފޫޓުގެ 15,000 ގޯއްޗެވެ.

Ads by Allied Insurance