ރޭޕްގެ ކުށް ސާބިތުވެ އިޒާމްއަށް 15 އަހަރުގެ ޖަލުގެ ހުކުމެއް
ރޭޕްގެ މައްސަލައެއްގައި ނުވަ ފަހަރަށް ހޯދަން އިއުލާންކުރި ގދ. ވާދޫ/ސަބާހާ މަންޒިލް، އިޒާމް ޒާހިރުގެ މައްޗަށް ކުށް ސާބިތުވެ ހުކުމް އިއްވައިފިއެވެ.
އިޒާމްގެ މައްޗަށް ހުކުމް އިއްވުން ލަސްވެފައި އޮތީ އޭނާ ހޯދާ ނުފެނިގެން ޝަރީއަތް ކުރިއަށް ނުގެންދެވިގެން ނެވެ. ނަމަވެސް މިދިޔަ ހޮނިހިރު ދުވަހު އޭނާ ވަނީ އަމިއްލައަށް ފުލުހުންނާ ހަވާލުވެފައެވެ.
"ދެން" އަށް އެނގިފައިވާ ގޮތުން އެ މައްސަލަ އިޒާމްގެ މައްޗަށް ކުށް ސާބިތުވެ، 15 އަހަރުގެ ޖަލުގެ ހުކުމެއް ވަނީ އިއްވައިފައެވެ.
އިޒާމްގެ މައްޗަށް ހުކުމް އިއްވި ނަމަވެސް، އޭގެ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ. އަދި އެ މައްސަލައިގެ ޝަރީއަތް ނިމުނު ގޮތުގެ ހުލާސާ ވެސް ކްރިމިނަލް ކޯޓުން އަދި ނެރެފައި ނުވެއެވެ.
އާންމުކޮށް ރޭޕްގެ މައްސަލަތަކަކީ "ސެންސިޓިވް" މައްސަލަތަކަކަށް ވާތީ އެފަދަ މައްސަލަތަކުގެ ތަފްސީލު ކޯޓުގެ ލިޔުންތަކުގައި ހުންނަނީ ސެންސަރު ކުރެވިފައެވެ.

