ޚަބަރު

އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓެލިޖެންސްގެ ޔުނިޓްގެ ހެޑް ސާޖިދު ސަސްޕެންޑްކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އެފްއައިޔޫގެ ހެޑް ސާޖިދު--

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ފައިނޭންޝިއަލް އިންޓެލިޖެންސްގެ ޔުނިޓް(އެފްއައިޔޫ)ގެ ހެޑް އިސްމާއިލު ސާޖިދު ސަސްޕެންޑްކޮށްފިއެވެ.

Ads by STELCO

"ދެން"އަށް އެނގިފައިވާ ގޮތުން މިދިޔަ އަންގާރަ ދުވަހުން ފެށިގެން ސާޖިދު ހުންނެވީ ސަސްޕެންޝަންގައެވެ. ނަމަވެސް އޭގެ ސަބަބެއް އަދި ސާފެއް ނުވެއެވެ. އަދި އެކަމާ ގުޅޭ ސީދާ މައުލޫމާތު އެމްއެމްއޭއިން މީޑިއާތަކާ ހިއްސާ ކޮށްފައެއް ވެސް ނުވެއެވެ.

ސާޖިދު އެފްއައިޔޫގެ ވެރިއަކަށް އައްޔަންކުރީ މިދިޔަ އޮގަސްޓު މަހުއެވެ. އޭނާ އެ މަގާމަށް އައްޔަންކުރީ ކުރިން އެ މަގާމުގައި ހުންނެވި އަބްދުﷲ އަޝްރަފް އެހެން ޑިޕާޓްމަންޓަކަށް ބަދަލުކުރުމަށް ފަހުއެވެ.

އެމްއެމްއޭގެ އެފްއައިޔޫގެ ވެރިޔާގެ މަގާމުގެ ކުރިން ސާޖިދު ހުންނެވީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެމްބަރުކަމުގެ މަގާމުގައެވެ. ނަމަވެސް ފަހުން ސާޖިދު ވަނީ އިސްތިއުފާ ދެއްވައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!