ޚަބަރު

ބިދޭސީންގެ މާރާމާރީއެއް: ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިން / ފޮޓޯ:ދެން އިމޭޖްސް

މާލެ ސިޓީ، ހ. ވައިޖެހޭ މަގުގައި ބިދޭސީންތަކެއްގެ މެދުގައި ރޭ ހިންގި މާރާމާރީއަކާ ގުޅިގެން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

Ads by STELCO

ފުލުހުންގެ ޚިދުމަތުން ބުނީ، ހ. ވައިޖެހޭ މަގުގައި ބިދޭސީންތަކެއްގެ މެދުގައި މާރާމާރީއެއް ހިންގައިގެން އުޅޭ ކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ ރޭ 11:23 އެހާއިރު ކަމަށާއި ފުލުހުން އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވެ، ދެ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައިވާ ކަމަކަށް ފުލުހުން ހާމައެއް ނުކުރެއެވެ.

މި މާރާމާރީ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި މި މައްސަލައާ ގުޅިގެން އިތުރު ކަންކަން ބެލުމަށް ޓަކައި މިހާރު ތަޙުޤީޤު ފަށައިފައިވާ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

"ދެން" އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި މާރާާމާރީ ހިންގާފައި ވަނީ ޖެލީ ރެސްޓޯރެންޓުގައި މަސައްކަތްކުރާ ބިދޭސީންތަކެއްގެ ދެމެދުގައެވެ.

Ads by Ooredoo