ޚަބަރު ރައްޔިތުންގެ މަޖިލިސް

ސޯޝަލް މީޑިއާގައި ދައުރުވާ އެއްޗެހީގެ ތެދު،ދޮގު އެޗްއާރްސީއެމްއިން ބަލަން ޖެހޭނެ: މެމްބަރު ނާޒިމް

ނުޙާ އަޙްމަދު ، ދެން އޮންލައިން
ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް

ސޯޝަލް މީޑިއާގައި ދައުރުވާ އެއްޗެހީގެ ތެދު،ދޮގު ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)އިން ބަލަން ޖެހޭނެ ކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

Ads by STELCO

މެމްބަރު މި ފަދައިން ވިދާޅުވީ، މިއަދު ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މިޒަމާނުގައި ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރުން ފުޅާ ދާއިރާއެއްގައި އޮތްކަން ފާހަގަ ކުރައްވައި މެމްބަރު ވިދާޅުވީ، އެޗްއާރުސީއެމްގެ މަސަކަތްތަށް ފުރިހަމައަށް ވަގުތުން ވަގުތަށް ކުރެވިގެން ދިއުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

އެގޮތުން މެމްބަރު ވިދާޅުވީ، މިހާރު ދިމާވާ އެންމެ ބޮޑު މައްސަލައަކީ ސޯޝަލް މީޑިއާގައި ދޮގު މައުލޫމާތު ފެތުރުމުގެ މައްސަލަ ކަމަށާއި، އެ މައްސަލަ އެޗްއާރުސީއެމުން އަދާ ކުރަން ޖެހޭ ދައުރު އޭގެ ވަގުތުގައި އޭގެ ރަނގަޅު ގޮތުގައި އަދާ ނުކުރެވިއްޖެ ނަމަ އާންމު މަސްލަހަތު ގެއްލޭ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށެވެ.

އޭގެ މިސާލެއް ގޮތުގައި މެމްބަރު  ފާހަގަ ކުރެއްވީ، ކެންދޫ ދާއިރާގެ މެމްބަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު މައްސަލައިގައި އެ މެމްބަރު ބަލިވެގެން ހޮސްޕިޓަލަށް ގެންދިއުމުން އެކަމާ ގުޅޭ ގޮތުން ދޮގު މައުލޫމާތު ފެތުރިގެން ދިޔަ މައްސަލައެވެ.

" އެހެން ކަމުން އަޅުގަނޑު ދަންނަވާލަން އޮތީ އެ މީހާ ބަންދުގައި ހުރިއިރު ވެސް ބަލި ހާލަތަކާ ބެހޭ ގޮތުން އެމީހާ ހޮސްޕިޓަލަށް ގެންދެވުނީމަ ދެން އެ ފެތުރިގެން ދިޔަ ދޮގު މައުލޫމާތާ ހަގީގަތެއް ނެތް ވާހަކަތަކަކީ އާންމުންނަ އެނގެންވާނެ އެއްޗެކޭ ވީ އެންމެ އަވަސް ފުރުސަތެއްގައި، އެހެންވީމަ އެކަހަލަ ކަންތައްތަކުގައި ހިޔުމަން ރައިޓްސް ކޮމިޝަން ޕްރޯ އެކްޓިވްވުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް" މެމްބަރު ނާޒިމް ވިދާޅުވިއެވެ.

އެހެން ކަމުން މެމްބަރު ވަނީ މަޖިލީހުގެ ފަރާތުން އެޗްއާރުސީއެމްއަށް އަލަށް އައްޔަން ކުރެވުނު މެމްބަރުންގެ ފަރާތުން އައި ބާބެއް ފައްޓަވައި، ތެދު މައުލޫމާތު ހާމަކޮށް ދިނުމުގައި އިސް ދައުރެއް އަދާ ކޮށްދިނުމަށް އެދިލައްވްއިފައެވެ.