ފޭދޫން 19 އަހަރުގެ އަންހެނަކު ގެއްލިގެން ހޯދަނީ
އައްޑޫ ސިޓީ ފޭދޫން 19އަހަރުގެ އަންހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، ގެއްލިގެން ހޯދަމުންދަނީ ސ. ފޭދޫ، ހަމްދަރުދީގެ / ޙައްވާ ރާއިދާ މުނީރު (19އ) ކަމަށެވެ. އޭނާ ގެއްލިގެން ޢާއިލާއިން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު މެންދުރު 14:52 އެހާއިރުކަމަށް ފުލުހުން ބުނެއެވެ.
ރާއިދާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށާއި މިހާތަނަށް ކުރެވުނު މަސައްކަތުން އޭނާގެ އެއްވެސް ޚަބަރެއް އަދި އުޅޭތަނެއް ދެނެގަނެވިފައިނުވާ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
ޙައްވާ ރާއިދާއާ ގުޅޭ ގޮތުން އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ނަމަ އައްޑޫ ސިޓީ، ގަން ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792058އަށް މަޢުލޫމާތު ހިއްސާކުރުމަށް ފުލުހުން އިލްތިމާސްކުރެއެވެ.
Ads by HDC

