ޚަބަރު

ދަރިފުޅަށް އަނިޔާކޮށްގެން ކުޅުދުއްފުށީ ކައުންސިލްގެ ކުރީގެ މެމްބަރު ހައްޔަރުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ކުޅުދުއްފުށީ ކައުންސިލްގެ ކުރީގެ މެމްބަރު ޝައުފާ-- ފޮޓޯ/ ކޭއޯ

ނުކުޅެދުންތެރިކަން ހުންނަ ދަރިފުޅަށް އަނިޔާކޮށްގެން ކުޅުދުއްފުށި ކައުންސިލްގެ ކުރީގެ މެމްބަރު ޝައުފާ އިބްރާހިމް ހިލްމީ ހައްޔަރުކޮށްފިއެވެ.

Ads by STELCO

އެ މައްސަލައާ ގުޅޭ ގޮތުން "ދެން"އިން ސުވާލުކުރުމަށް ފުލުހުން ބުނީ އަޕާ ނޯތު ޕޮލިސް ހިމެނޭ ރަށެއްގެ ނުކުޅެދުންތެރިކަން ހުންނަ ނުވަ އަހަރުގެ ދަރިފުޅަށް އަނިޔާކުރި މައްސަލައާ ގުޅިގެން 30 އަހަރުގެ އަންހެނަކު އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ އަންހެން މީހާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ވެސް ފުލުހުން ބުންޏެވެ. އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

"ދެން"އަށް ކަށަވަރުކުރެވިފައިވާ ގޮތުގައި އެ މައްސަލައިގައި ހައްޔަރުކުރީ ޝައުފާއެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.

Ads by HDC