ޚަބަރު

މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ އަހަރު 107 މިލިއަން ރުފިޔާ ލިބުނު

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
ޒަކާތް ބަލައިގަންނަނީ: މުދަލު ޒަކާތް ވާޖިބުވާ ނިސާބަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ވަނީ ބަދަލު ގެނެސްފައި / ފޮޓޯ:ޒަކާތު ހައުސް

މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ އަހަރު 107 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

Ads by STELCO

މީރާއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2025ވަނަ އަހަރު މުދަލުގެ ޒަކާތުގެ ގޮތުގައި ލިބިފައިވާ 107 މިލިއަން ރުފިޔާއަކީ 2024 އަހަރާ އަޅާބަލާއިރު 4.8 ޕަސެންޓް އިތުރު އަދަދެކެވެ. 2024 ގައި ލިބިފައި ވަނީ 102 މިލިއަން ރުފިޔާއެވެ.

ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ބަލައިގެންފައި ވަނީ މާޗު މަހުގައެވެ. އެއީ 23 މިލިއަން ރުފިޔާއެވެ. ދެވަނައަށް އެންމެ ބޮޑު އަދަދެއް ބަލައިގަތް ޖުލައި މަހު، 12 މިލިއަން ރުފިޔާ ބަލައިގެންފައިވެއެވެ.

މުދަލު ޒަކާތުގެ ނިސޯބަށް އެންމެ ފަހުން ބަދަލު އައިސްފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ. ޒަކާތު ހައުސްއިން އާންމުކޮށްފައިވާ ގޮތުގައި މިހާރު މުދަލު ޒަކާތުގެ ނިސޯބަކީ 19،527.90ރ.އެވެ.

Ads by HDC