ވިލުފުށި އަދި ތުޅާދޫގައި އެޅި ހައުސިން ޔުނިޓްތަކަށް ކުރިމަތިލާން ހުޅުވާލައިފި
ތ. ވިލުފުށި އަދި ބ. ތުޅާދޫގައި އެޅި ހައުސިން ޔުނިޓްތަކަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.
އެ ދެ ރަށުގައި ވެސް އިމާރާތްކުރީ 100 ހައުސިން ޔުނިޓްއެވެ.
ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ދެ ރަށުގެ ހައުސިން ޔުނިޓްތަކަށް ވެސް ކުރިމަތިލުމުގެ ފުރުސަތު އަންނަ އޭޕްރީލް މަހުގެ 11އާ ހަމައަށް ހުޅުވާލައިފައިވާ ކަމަށެވެ.
އެގޮތުން ހައުސިން މިނިސްޓްރީގެ ހިޔާވަހި ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ވިލުފުއްޓާއި ތުޅާދޫގައި ތަރައްގީކުރި ހައުސިން ޔުނިޓްތަކަށް ކުރިމަތިލާން ހުޅުވާލި އިރު އެހެން ރަށްރަށުގައި ވެސް ގާއިމުކޮށްފައިވާ ހައުސިން ޔުނިޓްތަކަށް ވެސް ރައްޔިތުންނާ ހަވާލުކުރަން ސަރުކާރުން މިހާރު ދަނީ ތައްޔާރުވަމުންނެވެ.
އޭގެ އިތުރުން ހުޅުމާލޭގައި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ތަރައްގީ ކުރި 4000 ފްލެޓު ލިބުނު ފަރާތްތަކަށް ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރަމުންނެވެ.

