ދިހަ އަހަރުތެރޭ އެންމެ ގިނައިން ޓޫރިޒަމް ބިމުކުލި ދެއްކީ މިދިޔަ އަހަރު
މިދިޔަ 10 އަހަރުތެރޭ ރާއްޖޭގެ ޓޫރިޒަމަށް ކުއްޔަށް ދީފައިވާ ތަންތަނުން އެންމެ ގިނައިން ޓޫރިޒަމް ބިމުކުލި ދެއްކީ މިދިޔަ އަހަރު ކަމަށް ދައްކައިފިއެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މައުލޫމާތުތަކަށް ބަލާއިރު މިދިޔަ އަހަރު ޓޫރިޒަމް ބިމު ކުލީގެ ގޮތުގައި ދައުލަތަށް ޖުމްލަ ދެ ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ ކުރީ އަހަރު ލިބިފައިވާ 1.8 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ. އަދި މިއީ 10 އަހަރަށް ބެލި ނަމަވެސް ބިމު ކުލީގެ އާމްދަނީ ބޮޑު ތަނުން އިތުރުވުމެކެވެ.
މިދިޔަ 10 އަހަރަށް ބަލާއިރު އެވްރެޖުކޮށް އެންމެ މަތިން ޓޫރިޒަމް ބިމުކުލީގެ ގޮތުގައި ލިބިފައިވަނީ 1.6 ބިލިއަން ރުފިޔާއެވެ، އެހެންވެ މިދިޔަ އަހަރު ލިބުނު ދެ ބިލިއަން ރުފިޔާއާއަކީ ބޮޑުތަނުން އިތުރުވުމެކެވެ.
ބިމުކުލީގެ އާމްދަނީ ވަނީ ބަޖެޓުގައި އެ މަހަށް ލަފާކުރި މިންވަރަށް ވުރެ ބޮޑު ތަނުން އިތުރުވެފައެވެ. މީގެ މާނައަކީ ރިސޯޓްތަކުން ކުލި ދެއްކުމުގައި ކުރިން އުންމީދު ކުރި ވަރަށް ވުރެ ރަނގަޅު ނަތީޖާއެއް ފެނުމެވެ.
ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖޭގައި 179 ރިސޯޓެއްގައި 44,807 އެނދު ހުރިކަމަށް ދައްކައެވެ.އަދި ޖުމްލަ އެނދުގެ އަދަދު ވަނީ 67,645އަށް އިތުރުވެފައެވެ.

