ޚަބަރު

މަޖިލީހުގެ ރައީސް އިންޑިއާއަށް ފުރާވަޑައިގެންފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މަޖިލީހުގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ އިންޑިއާއަށް ފުރާވަޑައިގެންނެވުމުގެ ކުރިން--

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް މިއަދު ފުރާވަޑައިގެންފިއެވެ.

Ads by STELCO

މަޖިލީހުގެ އިދާރާއިން ބުނީ އަބްދުއްރަހީމް ފުރާވަޑައިގެންނެވީ ކޮމަންވެލްތްގެ ގާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންނާއި އޮފިސަރުންގެ 28ވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް ކަމަށެވެ.

މިމަހުގެ 13އިން 18އަށް އެ މަނިކުފާނު ކުރައްވާ މި ދަތުރުފުޅުގައި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު، މަޖިލީހުގެ އިދާރާގެ ޗީފް އޮފް ބިއުރޯ، އަހުމަދު ނިހާން ހުސައިން މަނިކު ވެސް ބައިވެރިވެލައްވައެވެ.

މަޖިލީހުގެ ރައީސްކަމާ ހަވާލުވެވަޑައިގަތް ފަހުން ބައިނަލްއަގުވާމީ އެކި ކޮންފަރެންސްތަކުގައި އަބްދުއްރަހީމް މީގެ ކުރިން ވެސް ބައިވެރިވެވަޑައިގެންފައި ވެއެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވަން ތާވަލުކޮށްފައި ވަނީ އަންނަ މަހުގެ ފަސްވަނަ ދުވަހަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!