އުމްރާއިން އައިތަނާ ކުއްލި ގޮތަކަށް ދިވެއްސަކު ނިޔާވެއްޖެ
އުމްރާއިން ހަމަ އައިތަނާ ކުއްލި ގޮތަކަށް ދިވެއްސަކު ނިޔާވެއްޖެއެވެ.
ނިޔާވެފައި ވަނީ ފުވައްމުލައް ސިޓީއަށް ނިސްބަތްވާ އަހުމަދު ލަތީފް (ރަތަމަލާނާ އަހުމަދު)އެވެ.
ލަތީފްގެ ދައްތަ އަދި ފުވައްމުލައް ސިޓީ ކައުންސިލްގެ މެމްބަރު އައިމިނަތު އިނާޔާ "ދެން"އަށް ވިދާޅުވީ ލަތީފް އުމްރާއިން އައީ އިއްޔެ ކަމަށެވެ. އަދި މިއަދު ކުއްލި ގޮތަކަށް ނިޔާވީ އއ. ތޮއްޑޫގައި ހުއްޓާކަމަށް އިނާޔާ ވިދާޅުވިއެވެ.
ލަތީފްގެ ހަށިގަނޑު މާލެ ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އިނާޔާ ވިދާޅުވިއެވެ.
ފަހަކަށް އައިސް ކުއްލި މަރުތައް އިތުރުވެފައިވާ އިރު ކުޅުދުއްފުށި ސިޓީގެ ގްރޭޑް 10ގައި ކިޔަވަމުންދާ ދަރިވަރެއް ކަމަށްވާ، އެރަށު ލަތީފީމަންޒިލް، ޝަޒްފާ އަބްދުالله އިބްރާހިމް ވެސް މިއަދު ކުއްލި ގޮތަކަށް ވަނީ ނިޔާވެފައެވެ.
މައުލޫމާތު ލިބޭ ގޮތުގައި ޝަޒްފާ ނިޔާވިކަން އެނގުނީ ފަތިހު ނުހޭލައިގެން އާއިލާގެ މެންބަރަކު ގޮވަން ދިއުމުންނެވެ.

