ޚަބަރު

އަމިއްލައަށް ވޯޓުލާން އެދޭ ލޯފަން މީހުން ރަޖިސްޓްރީވާން ހުޅުވާލައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ލޯކަލް ކައުންސިލް އިންތިޚާބުގައި އަމިއްލައަށް ވޯޓުލާން އެދޭ ނަމަ، ރަޖިސްޓްރީވާން އިލެކްޝަންސް ކޮމިޝަން (އީސީ)އިން ހުޅުވާލައިފިއެވެ.

Ads by STELCO

އީސީއިން ބުނީ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލުމަށް އެދޭ ފަރާތްތައް އިއްޔެއިން ފެށިގެން އަންނަ ފެބުރުވަރީ 2ވާ ހޯމަ ދުވަހުގެ ނިޔަލަށް، 1414އަށް ގުޅުއްވައި ރަޖިސްޓަރީކުރުމަށް ހުޅުވައިލައިފައިވާ ކަމަށެވެ.

އަދި މި މުއްދަތުގެ ތެރޭގައި އަންނަ ރަސްމީ ދުވަސްތަކުގެ ހެނދުނު 9:00އިން ރޭގަނޑު 10:00އަށް، ހުކުރު ދުވަސް ފިޔަވައި ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 9:00އިން ރޭގަނޑު 10:00އަށް އަދި ހުކުރު ދުވަހުގެ މެންދުރުފަހު 3:00އިން ރޭގަނޑު 8:00އަށް 1414ގެ ޚިދުމަތް ލިބޭނެކަމަށް ވެސް އީސީއިން ބުނެއެވެ.