ޚަބަރު

އެއަރޕޯޓު ފޭރުން: އިތުރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

2025 އޮކްޓޯބަރު 27ވަނަ ދުވަހު ފަތިހު އެއަރޕޯޓުގައި ހިންގި ފޭރުމުގެ މައްސަލައިގެ ތުހުމަތުގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.

Ads by STELCO

ފުލުހުންގެ ޚިދުމަތުން ބުނީ، މި މައްސަލައިގެ ތުހުމަތުގައި 2026 ޖެނުއަރީ 13ވަނަ ދުވަހު، މީޒާން / ރ.މަޑުއްވަރި، އިސްމާޢީލް ސިރްޙާން (30އ) ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 30ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގެ ތުހުމަތުގައި ޖުމުލަ 8މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެ އެންމެން ވެސް ތިބީ ފުލުހުންގެ ބަންދުގައި ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

މި މައްސަލައިގެ ތަހުގީގުގައި ފުރިހަމަކުރަން ޖެހޭ މަސައްކަތްތައް ފުލުހުން ގެންދަނީ ކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!