ޚަބަރު

ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ހޮނިހިރު ދުވަހު ހުޅުވާލަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު--

ކުރިއަށް އޮތް ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ހޮނިހިރު ދުވަހު ހުޅުވާލަން ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން(އީސީ)އިން މިއަދު ބުނެފިއެވެ.

Ads by STELCO

ލޯކަލް ކައުންސިލްއާއި އަންހެނުން ކޮމިޓީތަކުގެ އިންތިހާބު ބާއްވަން އީސީއިން ނިންމައިފައި ވަނީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުއެވެ. އަދި އިންތިހާއަށް ތައްޔާރުވުމަށް ދުރާލައި އީސީން ވަނީ މަސައްކަތް ވެސް ފަށައިފައެވެ.

އެ މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި  އީސީގެ ރައީސް އަހުމަދު ޒާހިދު ވިދާޅުވީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އަންނަ ހޮނިހިރުގައި ހުޅުވައިލާނެ ކަމަށެވެ.

އަދި އެ ފުރުސަތު އަންނަ ފެބްރުއަރީ މަހު ހަމަވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޒާހިދު ވިދާޅުވީ އިންތިހާބަށް ކުރިމަތިލެވޭނީ ޑިޖިޓަލްކޮށް އިލެކްޝަންސް ކޮމިޝަންގެ ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.

އެގޮތުން މިހާރުވެސް ޕޯޓަލް މެދުވެރިކޮށް ފޯމު ފުރުމުގެ މަސައްކަތް ކުރެވޭނެ ކަމަށާއި ނަމަވެސް ފޯމު ހުށަހެޅޭނީ އަންނަ ހޮނިހިރުން ފެށިގެން ކަމަށް ޒާހިދު ވިދާޅުވިއެެވެ.

"މި މަހުގެ ހަވަނަ ދުވަހުން ފެށިގެން އެހެރީ [ޕޯޓަލް މެދުވެރިކޮށް ފޯމު ފުރުމުގެ ފުރުސަތު] ހުޅުވާލައިފައި. ގާތްގަނޑަކަށް މިހާރު ވެސް 1300 ވަރަކަށް މީހުން ކުރިމަތިލުމުގެ ފުރުސަތު ފަށައިގެން އެ އުޅެނީ" ޒާހިދު ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!