ޚަބަރު

އައްޑޫ މަތިކިޅި ކައިރި ވަލުތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

އައްޑޫ މަތިކިޅި ކައިރި ވަލުތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

Ads by STELCO

އެމްއެންޑީއެފްއިން ބުނީ އެ ހާދިސާގެ ރިޕޯޓް މިއަދު 11:45 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހުޅުމީދޫ ފަޔާ ސްޓޭޝަނަށް ލިބުމާ އެކު، އެ ފަޔާ ސްޓޭޝަނުގެ ފަޔަރފައިޓަރުން  އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކުރި ކަމަށެެވެ.

މިގޮތުން، ފަޔަރފައިޓަރުން ކުރި މަސައްކަތުން 12:05 ހާއިރު އަލިފާން ނިއްވާލިކަމަށް ވެސް އެމްއެންޑީއެފްއިން ބުންޏެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވާކަމަށް ވެސް އެމްއެންޑީއެފްއިން ބުންޏެވެ.

މަތިކިޅި ކައިރިން ވަލުތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގިއިރު މަތިކިޅި އިކޯގާޑަންގައި ދޭތެރެ ދޭތެރެއިން އަލިފާން ރޯކޮށްލުމުގެ ހާދިސާތައް ހިނގާފައިވެއެވެ. އެގޮތުން މިދިޔަ އޮކްޓޫބަރު މަހު ވެސް ރޯކޮށްލުމުން އިކޯގާޑަން ވަރަށް ބޮޑަށް އެނދިއެވެ.

Ads by HDC