ޚަބަރު

އުވާލަން ނިންމި ޑިމޮކްރެޓްސްއިން ލޯކަލް ކައުންސިލް އިންތިހާބުގައި ވަކީން ވާދަކުރަން ނިންމައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ޑިމޮކްރެޓްސްއިން ބޭއްވި ނޭޝަނަލް އެސެމްބްލީގެ ނުރަސްމީ ބައްދަލުވުމުގައި ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ --

އެމްޑީޕީގެ އިސް ބޭފުޅުންތަކެއް ވަކިވެ އުފެއްދި ޑިމޮކްރެޓްސް ޕާޓީން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމައިފިއެވެ.

Ads by STELCO

އެމްޑީޕީއާ އުފެދުނު ކޯޅުމުގެ ތެރެއިން އެ ޕާޓީގެ އިސް މެމްބަރުންތަކެއް ޑިމޮކްރެޓްސް ޕާޓީ އުފެއްދީ 2023 ވަނަ އަހަރުއެވެ. ނަމަވެސް ކުރިއަށް އޮތް ކައުންސިލް އިންތިހާބާ ދިމާކޮށް ވަރުގަދަ އިދިކޮޅު އިއްތިހާދެއް އުފެއްދުމަށްކަމަށް ބުނެ މި ދިޔަ ޖޫން މަހު ޑިމޮކްރެޓްސްއިން އޮތީ އެ ޕާޓީ އުވާލައި އެމްޑީޕީއާ ގުޅެން ގަރާރެއް ފާސްކޮށްފައެވެ. އަދި ކައުންސިލް އިންތިހާބަށް އެމްޑީޕީން ބޭއްވި ޕްރައިމަރީގައި ޑިމޮކްރެޓްސްގައި ކުރިން އުޅުއްވި ބޭފުޅުން ވާދަ ވެސް ކުރެއްވިއެވެ. ނަމަވެސް ޑިމޮކްރެޓްސްގައި އުޅުއްވި ބޭފުޅުންނަށް ޕްރައިމަރީގައި ކުރިމަތިވީ ނާކާމިޔާބީއާއެވެ.

އެ ނާކާމިޔާބީއާ ކުރިމަތިވެފައި ވަނިކޮށް ޑިމޮކްރެޓްސްއިން މިރޭ ނެރުނު ބަޔާނުގައި ބުނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގައި އެ ޕާޓީ ޓިކެޓްގައި ވާދަކުރުމުގެ ފުރުސަތު މިހާރު ހުޅުވާލައިފައިވާ ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އަންނަ މަހުގެ ނިޔަލަށް ހުޅުވާލައިފައިވާ އިރު އިންތިހާބަށް ކުރިމަތިލެވޭނީ ޑިޖިޓަލްކޮށް އިލެކްޝަންސް ކޮމިޝަންގެ ޕޯޓަލް މެދުވެރިކޮށެވެ.

  1. ކާނަލް

    ދަނޑި ޕާރޓީގެ މައިގަނޑު ސިޔާސަތު ތައް ކަމަށްވާ ސެކިއުލާރ ނިޒާމާއި ޕްރޯ އެލްޖީބީޓީ އާއި ޕްރައިވަޓައިޒޭޝަން ގެ ނަމުގަ ހަރު މުދާ ވިއްކުން ދިވެހީން ބަލައި ނުގަންނާނެ.. ވާދަ ކުރިޔަކަސް ހަމަ ޗޮކުންދާނީ!!