ޚަބަރު

ގޮއިދޫގައި ގާއިމުކުރާ ގްރީންހައުސްތަކުގެ 75 ޕަސެންޓް ނިމިއްޖެ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

އިންޓަރނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރ ޑިވެލޮޕްމެންޓް (އިފާޑް)އާއި ސަރުކާރާ ގުޅިގެން އެގްރިކަލްޗާ މިނިސްޓްރީން ކުރިއަށް ގެންދާ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް(މެޕް)އިން، ށ. ގޮއިދޫގައި ގާއިމުކުރާ ގްރީން ހައުސްތަކުގެ މަސައްކަތުގެ 75 އިންސައްތަ ނިމިއްޖެއެވެ.

Ads by STELCO

އެ މަސައްކަތް ކުރަމުންދަނީ އެ ރަށުގެ ކައުންސިލްގެ ފުރިހަމަ އެހީތެރިކަމާ އެކުގައެވެ.

ށ. ގޮއިދޫއަކީ ޒަމާނީ ދަނޑުވެރިކަމަށް ލޯ ހުޅުވިފައިވާ، އަދި ދަނޑުވެރިކަމުގައި ކުރިޔަށް ދިއުމަށް ޝައުގާ އެކު މަސައްކަތް ކުރަމުން އަންނަ ދަނޑުވެރިންތަކެއް ތިބި ރަށެކެވެ. އެ ރަށުން 10 ދަނޑެއް ވަނީ ރާއްޖޭގައި އެންމެ ފުރަތަމަ ފަސް މޮޑިއުލް ހިމެނޭ މޯލްޑިވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސް(އެމްގެޕް)ގައި ސެޓްފައިޑް ވެސް ކޮށްފައެވެ.

އޭގެ އިތުރުން އެ ރަށުގައި، ދަނޑުވެރިކަމުގެ އުފެއްދުންތަކުން އަގު އެއްކޮށް ބާޒާރަށް ނެރުމަށް، ފެސިލިޓީއެއް ވަނީ ގާއިމުކޮށްފައެވެ. މިހާރު ކުރަމުން ދަނީ އެތަނަށް ބޭނުންވާ މެޝިނަރީތައް ހޯދުމުގެ މަސައްކަތެވެ.

މެޕް ޕްރޮޖެކްޓުން ރާއްޖޭގެ ދަނޑުވެރިކަން ކުރިއެރުވުމަށް އަންނަނީ ގިނަ ޕްރޮޖެކްޓުތަކާއި، ތަމްރީންތައް ހިންގަމުންނެވެ

ދަނޑުވެރިކަމުގައި ކުރިއަރާ ދިއުމަށް ށ. ގޮއިދޫ ރައްޔިތުންނަށް އެ ރަށު ކައުންސިލުން އަންނަނީ، ވަރަށް ބޮޑަށް އެހީތެރިވަމުންނެވެ. އަދި ހާއްސަކޮށް ރާއްޖޭގައި ދަނޑުވެރިކަން ކުރިއެރުވުމަށް ވުޒާރާއިން ކުރަމުންދާ މަސައްކަތުގައި، ވެސް އެ ރަށުގެ ކައުންސިލާއި ދަނޑުވެރިންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!