ޚަބަރު

ވިލުފުށީގެ މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރަން މަޝްވަރާކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ތ. ވިލުފުށީގެ މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރަން މަޝްވަރާކޮށްފިއެވެ.

Ads by STELCO

ވިލުފުށީ ކައުންސިލްގެ އިސް މެމްބަރުންނާ އެކު އެ މަޝްވަރާތައް ކުރިއަށް ދިޔައީ މިއަދު ފިޝަރީޒް މިނިސްޓްރީގައެވެ.

އެ ބައްދަލުވުމުގައި ފިޝަރީޒްގެ ސްޓޭޓް މިނިސްޓަރ މުހައްމަދު މުއްތަލިބް އަދި ސްޓޭޓް މިނިސްޓަރ އާމިނަތު ހުސެއިން ޝަރީފް ބައިވެރިވެވަޑައިގެންނެވި އިރު ކައުންސިލްއިން ވަނީ ވިލުފުށީގެ މަސްވެރީންނަށް މިހާރު ދިމާވެފައިވާ ދަތިތައް މިނިސްޓްރީއާ ހިއްސާކޮށްފައެވެ.

އަދި އެކަންކަމަށް އަވަސް ހައްލެއް ގެނައުމަށް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރިއެވެ.

އެގޮތުން ވިލުފުށީގެ ޒުވާނުން އެންމެ ބޮޑަށް ބޭނުންވާ ސްޕޯޓްސް ފިޝިން ކަނދުފަތީގެ މަސައްކަތް އަވަސްކޮށްދިނުމާ ގުޅޭ ގޮތުން މަޝްވަރާކުރިއެވެ. އޭގެ އިތުރުން މަސްވެރިކަމުގެ ސިނާއަތު އިތުރަށް ކުރިއެރުވުމަށް ޓަކައި ވިލުފުށީގައި ކުރެވިދާނެ މަސައްކަތްތަކާއި އަދި މަސްވެރިކަމުގެ ދާއިރާއިން ހުރި ފުރުސަތުތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!