ޚަބަރު

ކޮވިޑުގެ ދުވަސްވަރު ޓެކްސްއަށް މަކަރުހެދި ދެ ޑޮކްޓަރެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ޑރ އަލީ ލަތީފް

ކޮވިޑްގެ ދުވަސްވަރު ދުވަސްވަރު ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޕީސީއާރު ޓެސްޓިންގެ ހިދުމަތް ފޯރުކޮށްދެމުންދިޔަ ދެ ކުންފުންޏެއްގެ މަސްލަހަތު އޮންނަ ދެ ޑޮކްޓަރެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފިއެވެ.

Ads by STELCO

ޕީސީއާރު ޓެސްޓިންގެ ޑިމާންޑް އެންމެ ބޮޑު ދުވަސްވަރު މި ޚިދުމަތް ފޯރުކޮށްދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރި ދެ ކުންފުނީގެ ތެރޭގައި ޕައިނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ހިމެެނެއެވެ. ނަމަވެސް އެ ދެ ކުންފުނިން ވެސް އިންކަމް ޓެކްސް ހުށަހެޅިއިރު ދަށްކޮށް ޓެކްސް ހުށަހެޅި މައްސަލަ ފާހަގަވެގެން މީރާއިން ވަނީ އެ މައްސަލަ ތަހުގީގުކޮށްފައެވެ.

މީރާއިން ބުނީ އެ މައްސަލަ ތަހުގީގުކޮށް އެ ދެ ކުންފުނީގެ އިތުރުން އެ ދެ ކުންފުނީގެ ޑިރެކްޓަރެއްގެ ގޮތުގައި ހިމެނޭ ޑރ. އިކްލީލް ޝަރީފްގެ އިތުރުން އަދި އައިލެންޑް ހެލްތް ސޮލިއުޝަންސްގެ ޑިރެކްޓަރު  ޑރ. އަލީ އަބްދުﷲ ލަތީފުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެެނެރަލް އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ.

މީރާއިން ބުނިގޮތުގައި

  • 2020، 2021އަދި 2022އަށް، އައިލެންޑް ހެލްތް ސޮލިއުޝަންސްއިން މީރާއަށް ހުށަހަޅައިފައިވާ އިންކަމް ޓެކްސް ބަޔާންތަކުގައި 31.9މިލިއަން ރުފިޔާގެ ޓެކްސް ނެގޭ އާމްދަނީ ހިމަނާފައި ނުވޭ
  • އަދި ޕައިނިއާ މޯލްޑިވްސްއިން  2020އަދި 2021އަށް ހުށަހަޅައިފައިވާ އިންކަމް ޓެކްސް ބަޔާންތަކުގައި 102.7މިލިއަން ރުފިޔާގެ ޓެކްސް ނެގޭ އާމްދަނީ ހިމަނަފައިނުވޭ

އެހެންވެ އައިލެންޑް ހެލްތް ސޮލިއުޝަންސްގެ މައްޗަށް ޖުމުލަ 4.3މިލިއަން ރުފިޔާ އަދި ޕައިނިއާ މޯލްޑިވްސް ޕްރައިވެޓްގެ މައްޗަށް 23.7މިލިއަން ރުފިޔާ އިތުރަށް ދައްކަންޖެހޭ ޓެކުހުގެ ގޮތުގައި ކަނޑައަޅައި އެ ޓެކްސް މީރާއަށް ދައްކަން ވެސް ވަނީ އަންގައިފައެވެ.

Ads by HDC