ޚަބަރު

ފުލެޓުތަކާ ގުޅޭ މަޢުލޫމާތު ހޯދުމަށް ވައިބާ ނުވަތަ ފޯނު ކޯލެއް މެދުވެރިކޮށް ނުގުޅާނެ، ސަމާލުވޭ: އެޗްޑީސީ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
އެޗްޑީސީގެ އޮފީސް/ ފޮޓޯ: އެޗްޑީސީ

ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އަކުން ފުލެޓުތަކާ ގުޅޭ މަޢުލޫމާތު ހޯދުމަށް ވައިބާ ނުވަތަ ފޯނު ކޯލުތަކެއް ކުރަމުންދާތީ ސަމާލުވާން އިލްތިމާސްކޮށްފިއެވެ.

Ads by STELCO

އެޗްޑީސީން އެކްސްގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނީ، އެ ކުންފުނީގެ ނަމުގައި ވައިބާ އަދި ފޯނު ކޯލު މެދުވެރިކޮށް އާންމުގެ މަޢުލޫމާތު ހޯދުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެ ކުންފުނިން ފުލެޓާ ގުޅޭ އެއްވެސް މުޢާމަލާތެއް ވައިބާ އަދި ފޯނު ކޯލު މެދުވެރިކޮށް ހޯދުމަށް ނުގުޅާނެ ކަމުގެ ޔަޤީންކަންދޭ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

އެހެންކަމުން އެއްވެސް ފަރާތަކުން އެފަދަ ފަރާތްތަކާ އެއްވެސް ފަރާތެއްގެ ޒާތީ މަޢުލޫމާތު ނުދިނުމަށާއި ފައިސާގެ މުޢާމަލާތެއް ނުހިންގުމަށް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.

ރާއްޖޭގައި ސްކޭމްގެ މައްސަލަތަކުގައި ބޮޑެތި ޢަދަދުތަކުން ފައިސާ ފޭރިފައިވެއެވެ. ފުލުހުންގެ ޚިދުމަތުން ވެސް ވަނީ  މިފަދަ ސްކޭމްތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އަދި އެއްވެސް ފަރާތެއްގެ ޒާތީ މަޢުލޫމާތު ނުވަތަ ބޭންކް އެކައުންޓާ ގުޅޭ މަޢުލޫމާތު ވެސް އެއްވެސް ފަރާތަކާ ހިއްސާ ނުކުުރުމަށް އެފަދަ މައްސަލަތަކާ ގުޅޭ އިދާރާތަކުން ދަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!