ޚަބަރު

ރާއްޖެއާ އިންޑިއާގެ ރައްޔިތުންގެ މަންފާއަށް ކުރާ މަސައްކަތް ކުރިއަށް ގެންދާނަން: މޯދީ

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
ރައީސް އިންޑިއާ ބޮޑުވަޒީރު މޯދީއާ އެކު މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން

ރާއްޖެއާއި އިންޑިއާގެ ރައްޔިތުންގެ މަންފާއަށް އެކުގައި ކުރާ މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމަށް އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.

Ads by STELCO

އިއްޔެ ފާހަގަކުރި އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ތަހުނިޔާގެ މެސެޖަށް މޯދީ މިއަދު ވަނީ ޝުކުރު ދަންނަވައިފައެވެ.

ދިވެހި ބަހުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މޯދީ ވިދާޅުވީ އިންޑިއާގެ 77ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސް މުއިއްޒު އަރިސްކުރެއްވި ހޫނު މަރުހަބާއާއި ހެޔޮ އެދުން އިހްތިރާމާ އެކު ބަލައިގަންނަ ކަމަށެވެ.

މޯދީ ވިދާޅުވީ ދެ ގައުމުގެ ރައްޔިތުންގެ މަންފާއަށް ޓަކައި އެކުގައި ކުރަމުންދާ މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމަށާއި، އެންމެހާ ދިވެހި ރައްޔިތުންނަށް ކުރިއަށް އޮތީ އުފާވެރި ދުވަސްތަކެއް ކަމަށް އެދޭ ކަމަށެވެ.

އިންޑިއާގެ ޖުމްހޫރީ ދުވަހާ ގުޅިގެން ރައީސް ފޮނުއްވި ސިޓީގައި ވަނީ، ދެ ގައުމުގެ 60އަހަރުވީ ރަހުމަތްތެރިކަން ބިނާކޮށްފައި ވަނީ އެއް ގައުމުން އަނެއް ގައުމަށް ކުރާ އިތުބާރާއި، އިހުތިރާމާއި ފަހުމުވަންތަކަމުގެ ބިންގަލުގެ މަތީގައި ކަމަށެވެ. އެކަން އަބަދަށް ދެމިއޮންނާނެ ކަމަށް ވެސް ރައީސް ވިދާޅުވެފައިވެއެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!