ބިދޭސީން ދިރިއުޅެމުން ދިޔަ ތަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
މާލޭގައި ބިދޭސީން ދިރިއުޅެމުން ދިޔަ ތަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގަައިފިއެވެ.
އެމްއެންޑީއެފްއިން ބުނީ ރޯވީ މާފަންނު މަލީޝާގެ އެއްވަނަ ފަންގިފިލާގައި ހުރި ކޮޓަރިއެއްގައި ކަމަށެވެ.
އެ ހާދިސާގެ ރިޕޯޓް މިއަދު 14:54ހާއިރު ލިބުމާއެކު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއަށް ލިބުމާ އެކު، މާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް ބައިގަޑިއިރު ތެރޭ އަލިފާންގަނޑު އެއްކޮށް ނިއްވާލިކަމަށް ވެސް އެމްއެންޑީއެފްއިން ބުންޏެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެއެވެ. ނަމަވެސް ފޮޓޯތަކުން ފެންނަ ގޮތުން ކޮޓަރިއަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުނީ ރޯވި ތަނުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.
މީގެ ކުރިން 2022ވަނަ އަހަރު ތޮއްޖެހިގެން ބިދޭސީންތަކެއް ދިިރިއުޅެމުން ދިޔަ މ. ނިރުފެހިގޭގެ ދެ ފަންގިފިލާއެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 10ބިދޭސީއަކު މަރުވިއެވެ.

