ދީނަށް ފުރައްސާރަކުރުން އާއްމުވެއްޖެ، ހަރުކަށި ފިޔަވަޅު އަޅަން ގޮވާލަން: ގާސިމް
އަޅުގަނޑުމެންގެ ލޮބުވެތި އިސްލާމްދީނަށް ފުރައްސާރަކުރުން މިހާރަކަށް އައިސް އާއްމުވެއްޖެ ކަމަށާއި، އެކަމާއިމެދު އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ގޮވާލައްވައިފިއެވެ.
ވިލާ ގްރޫޕް އޮފް އިންޑަސްޓްރީސްގެ ޗެއާމަން ގާސިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާތް ﷲ ވޮޑިގެން ނުވާކަމަށް ބުނަމުން ދިޔުމާއި ރަސޫލާ (ޞޢޥ) އަށް ތަފާތު ގޮތްގޮތަށް ދިމާކޮށް އެކިކަހަލަ މަލާމާތްކޮށް، ފާޅުގައި ފާޑުކިޔުން މިޤައުމުގައި މިހާރަކަށް އައިސް އާއްމު ވަމުންދާ ކަމަށެވެ.
"މިކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން، މިކަމަށް އެންމަ ހަރުކަށި ފިޔަވަޅު އަޅަން ގޮވާލަން" ޖުމްހޫރީޕާޓީ ގެ ލީޑަރު ގާސިމް ވިދާޅުވެފައި ވެއެވެ.
ގާސިމް މިހެން ވިދާޅުވެފައިވާއިރު، އިސްލާމްދީނަށާއި ރަސޫލާ (ޞޢޥ) އަށް ފުރައްސާރަކޮށް މިދިޔަ އަހަރު ލާދީނީ ރިޕޯޓެއް އެކުލަވާލި މޯންޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެންޑީއެން) ޖަމިއްޔާއާ މެދު ވެސް މިސަރުކާރުން އެކަށީގެންވާ ފިޔަވަޅެއް އަޅާފައި ނުވާކަން ފާހަގަ ކުރެވެއެވެ. އަދި އެ ލާދީނީ ރިޕޯޓަށް ހިތްވަރުދީ އެހެން ލާދީނީ ރިޕޯޓެއް އެކުލަވާލި "އުތެމަ" ޖަމިއްޔާއަށް ވެސް ސަރުކާރުން ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.
މީގެއިތުރުން މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭ މަގުމަތީގައި މަސްތުގެ ހާލަތުގައިހުރެ މާތް ﷲ އަށާއި އިސްލާމްދީނަށް ފުރައްސާރަކުރި އިންޑިއާ ޑޮކްޓަރެއް ވެސް އެރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އޭގެ އަނެއްދުވަހު މުއްދަތު ޖެހުމަށް ގެންދިޔުމުން ވަނީ ދޫކޮށްލާފައެވެ.
ތިޔަހެން ވިދާޅުވާން އަދި ތަންކޮޅެއް އަވަސް
ކަލޭ މާތާހިރެއް ނޫން އަނގަ ފޭކުރާކައް ކަލެއާ މައުމޫނާ އިމްރާނާ ޒައިދުއާ އިޔާޒްއާ އިލިޔާސްއާ އެންމެން ވެގެން ގެނައި ވެރިކަމެއްނުން މީ ކަލޭމެން އެންމެން ނަކީވެސް އަމިއްލަ އެދުމުން ފޯވެފަ ތިބި ބައެއް ދީނޭ ގައުމޭ ކިޔައިގެން އަނގަފުޅާ ކުރާނެ ކަމެއްނެއް މިހާރަކު ކަލޭބަލާ އަދިވެސް މީހެއްގެ ޅަދަރިއެއް ލިބޭތޯ ވަހުސީކަމުން ގޮސްވެސް ހައްދުފަހަނަ އަޅާފަ ލަދުކުޑަ މީހެއް.