Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ދިވެހިން ސީރިއާއަށް ދިއުން ހުއްދަކޮށް، ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓުން އެޗްޓީއެސް އުނިކޮށްފި

ދިވެހިން ސީރިއާއަށް ދިއުން ހުއްދަކޮށް، ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓުން އެޗްޓީއެސް އުނިކޮށްފި

ދިވެހިން ސީރިއާއަށް ދަތުރުކުރުން ހުއްދަކޮށް، ރާއްޖޭން ކަނޑައަޅާ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓުން އެގައުމުގައި މިހާރު ވެރިކަން ކުރާ ހަޔާތު ތަހްރީރު އަލް ޝާމް (އެޗްޓީއެސް) އުނިކޮށްފިއެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން، ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ މަޝްވަރާގެ ދަށުން، އަހަރަކު އެއްފަހަރު ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓު އާންމުކުރަން ޖެހެއެވެ.

2019ވަނަ އަހަރުން ފެށިގެން ދިވެހިން ސީރިއަށް ދިއުން އޮތީ މި ލިސްޓުގެ ދަށުން މަނާކޮށްފައެވެ. ނަމަވެސް މި އަހަރު ނެރުނު ލިސްޓުގައި، ސީރިއާއަށް ދަތުރުކުރުން ހުއްދަކޮށް، އެގައުމުގައި ވެރިކަން ކުރާ އެޗްޓީއެސް ވަނީ ނަގައިފައެވެ. މީގެ ކުރިން ސީރިއާގެ ހުރިހާ ސަރަހައްދަކީ ހަނގުރާމަވެރި ސަރަހައްދުތަކެއްގެ ގޮތުގައި ރާއްޖޭން އޮތީ ކަނޑައަޅާފައެވެ.

Advertisement
Ooredoo — Truecaller (box)

ދިވެހި ސަރުކާރުން މި ބަދަލު ގެނެސްފައި މިވަނީ، ދުނިޔޭގެ ނުފޫޒު ގަދަ ގައުމުތަކުން، އެޗްޓީއެސް ބަލައިގަންނަމުންދާ ދަނޑިވަޅެއްގައެވެ. އޭގެ ތެރޭގައި އެމެރިކާ ވެސް ހިމެނެއެވެ.

އެޗްޓީއެސްއަކީ ސީރިއާގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތަކެވެ. މި ޖަމާއަތުން ސީރިއާގެ ވެރިކަމަށް އައިސްފައި ވަނީ 2024 ވަނަ އަހަރު އެގައުމުގެ ކުރީގެ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަން ކުއްލި ގޮތަކަށް ވައްޓައިލުމަށް ފަހުއެވެ.

ގާނޫނުގައިވާ ގޮތުން، މި ލިސްޓު ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ އިރުޝާދުގެ ދަށުން ބަލަހައްޓާނީ ސިފައިންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް