ވިޔަފާރި

އިނގިރޭސިވިލާތުގެ ކުއީން އަނާ ކްރޫޒްލައިނާ ރާއްޖެ އަންނަނީ

ފާތިމަތު އަފްނާން ، ދެން އޮންލައިން

އިނގިރޭސިވިލާތުގެ ކިއުނާޑް ކުންފުނިން އުފައްދާފައިވާ އަނާ ކްރޫޒް ޝިޕް މިމަހުގެ 14ވަނަ ދުވަހު ރާއްޖެ އަންނާނެއެވެ.

Ads by Allied

ރާއްޖެއަށް ލަގްޒަރީ އުޅަނދު ގެންނަ ޔޮޓް އެޖެންޓް ޖަމިއްޔާ މާޔާއިން ބުނި ގޮތުގައި މި މަހުގެ 14ވަނަ ދުވަހު ރާއްޖެ އަންނަ މި އުޅަނދުން 2600 މީހުން އަންނާނެއެވެ. މާޔާއިން ބުނި ގޮތުގައި މި އުޅަނދުގެ ސަބަބުން ރާއްޖެއަށް ވަންނަ އާމްދަނީ ބޮޑުތަނުން އިތުރުވެގެންދާނެއެވެ.

ކުއީން އަނާ ކްރޫޒް ލައިން

ބޮޑުމިން: 113,000 ގްރޮސް ޓަނެވެ.
ދިގުމިން: ގާތްގަނޑަކަށް 322 މީޓަރު (1,058 ފޫޓު) ހުރެއެވެ.
މީހުން އުފުލުމުގެ ގާބިލުކަން: ގާތްގަނޑަކަށް 3,000 ޓޫރިސްޓުން އަދި 1,225 ފަޅުވެރިން.

މި އުޅަނދުގައި ތަފާތު ފަންތީގެ ކެބިންތައް ހުރެއެވެ. މީގެ ތެރެއިން އެންމެ އަގުބޮޑު އަދި ފެންވަރު މަތީ ކެބިންތަކަކީ ކުއީން ގްރިލްސް ސުއިޓްތަކެވެ. މި ތަންތަނުގައި ތިބޭ މީހުންނަށް ޕްރައިވެޓް ބަޓްލަރުންގެ ހިދުމަތް ލިބެއެވެ. އަދި 15އަށް ވުރެ ގިނަ ރެސްޓޯރަންޓާއި ކެފޭ ހުރެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!