ރޯދަ މަހު ފިހާރަތައް ދަންވަރު އެކަކާ ހަމައަށް، ކާބޯތަންތަން ތިނެއް ޖަހަންދެން ހުޅުވާފައި ބެހެއްޓޭނެ
ރޯދަ މަހު ފިހާރަތަކާއި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ހިދުމަތް ދެވޭނެ ގަޑިތައް އާންމުކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ރާއްޖޭގެ މީހުން ދިރިއުޅޭ ތަންތަނުގައި މާދަމާއިން ފެށިގެން ހަ ރޯދަ ނިމެންދެން މުދާ ވިއްކާ ތަންތަން ފަތިހު 5:30އިން މެންދަމު 1:00އަށް ހުޅުވާފައި ބެހެއްޓޭނެ ކަމަށެވެ.
އަދި މީހުން ދިރިއުޅޭ ރަށްތަކުގައި ރޯދަމަހުގެ ރޭތަކުގައި ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަން އެ ދުވަހެއްގެ ހަވީރު 5:30އިން މެންދަމު 3:00އާ ދެމެދު ހުޅުވާފައި ބެހެއްޓޭނެ ކަމަށް ވެސް ބުންޏެވެ.
އަދި ހަ ރޯދަ ތެރޭ ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަން އެ ދުވަހެއްގެ ފަތިހު 4:30އިން މެންދަމު 3:00އާ ދެމެދު ހުޅުވާފައި ބަހައްޓޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

