ވިޔަފާރި

މިހާތަނަށް 3 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް

ފާތިމަތު އަފްނާން ، ދެން އޮންލައިން
މި އަހަރު ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންނަށް މަރުހަބާ ކިޔަނީ- ފޮޓޯ: މޯލްޑިވިއަން

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 303,483 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ.

Ads by STELCO

ޓޫރިޒަމް މިނިސްޓްރީން މިއަދު އާންމުކުރި "ޑެއިލީ އަޕްޑޭޓް" ރިޕޯޓުގައިވާ ގޮތުން، މި އަހަރުގެ ޖެނުއަރީ މަހު އެކަނި ވެސް 224,788 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. އަދި ފެބުރުވަރީ މަހުގެ ފުރަތަމަ 9 ދުވަހުގެ ތެރޭގައި 78,700 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

އެންމެ ގިނަ ފަތުރުވެރިން އައި ގައުމުތައް

ރަޝިޔާ: 36,441 ފަތުރުވެރިން (12%)

އިޓަލީ: 30,344 ފަތުރުވެރިން (10%)

ޗައިނާ: 28,140 ފަތުރުވެރިން (9.3%)

ޔޫކޭ: 25,607 ފަތުރުވެރިން (8.4%)

ޖަރުމަނުވިލާތް: 21,791 ފަތުރުވެރިން (7.2%)

 

ޓޫރިޒަމް މިނިސްޓްރީން ބުނީ މި މުއްދަތުގައި ފަތުރުވެރިން އެންމެ ގިނައިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ.

ރިސޯޓު: 206,405 ފަތުރުވެރިން (68%)

ގެސްޓްހައުސް: 82,098 ފަތުރުވެރިން (27.1%)

ހޮޓާ: 8,305 ފަތުރުވެރިން (2.7%)

ސަފާރީ އުޅަނދު: 6,387 ފަތުރުވެރިން (2.1%)

ޓޫރިޒަމް ތަފާސްހިސާބުތަކަށް ބަލާއިރު، މި ފެބުރުވަރީ މަހުގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައިވަނީ މި މަހުގެ 8 ވަނަ ދުވަހުއެވެ. އެ ދުވަހު 10,462 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.