ޚަބަރު

ކުޑަކުއްޖަކު ގްރޫމްކޮށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ކުޑަކުއްޖަކު ގްރޫމްކޮށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

Ads by STELCO

އެ މައްސަލައިގައި ހައްޔަެރުކުރީ ހދ. ކުޅުދުއްފުށި / ސިލްވަރސްޓަރ، އަލީ ހަސަން (44އ) އާއި ހދ. ކުޅުދުއްފުށި / ކަސްތޫރިގެ، މުހައްމަދު އިހުސާން (21އ) އެވެ.

އެ ދެ މީހުން ހައްޔަރުކުރީ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނާއި، ކްރައިމް އިންޓެލިޖެންސް އަދި އަތޮޅު ތެރޭގެ ޕޮލިސް ސްޓޭޝަނެއް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.

އެގޮތުން މިދިޔަ ޑިސެމްބަރު މަހުގެ 24ވަނަ ދުވަހު އަލީ ހައްޔަރުކުރި އިރު އިހުސާން ހައްޔަރުކުރީ މި މަހުގެ ތިންވަނަ ދުވަހުއެވެ.

އަލީ އަންނަ މަހުގެ އެކަކާ ހަމައަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުނެރެފައިވާ އިރު އިހުސާން ބަންދުގައި ބަހައްޓަން އަމުރު ނެރިފައިވަނީ އަންނަ މަހުގެ ހަވަނަ ދުވަހާ ހަމައަށެވެ.

ފުލުހުން ބުނީ އެ ދެ މީހުން ގްރޫމްކޮށް އެކްސްޕްލޮއިޓްކޮށް، ޖިންސީގޯނާ ކޮށްފައިވަނީ 15އަހަރުގެ ދިވެހި އަންހެން ކުއްޖަކަށް ކަމަށެވެ.

ކުޑަކުދިން "ގްރޫމް"ކޮށް އެ ކުދިންގެ މަޖުބޫރުކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން، މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކުގެ އިތުރުން ޖިންސީ ގޯނާގެ އަމަލުތަކުގައި ކުޑަކުދިން ބައިވެރިކުރުވާ ފަރާތްތަކާމެދު ދިވެހި ފުލުހުންގެ ހިދުމަތުން ހާއްސަ އިސްކަމެއް ދީގެން ފިޔަވަޅުތަކެއް އަޅަމުންދާކަމަށް ފުލުހުން ބުންޏެވެ.