މިއަހަރު ފުރަތަމަ ފަހަރަށް ޖަލުތަކުގައި ތަރާވީސް ކުރަނީ
މޯލްޑިވްސް ކަރެކްޝަން ސާވިސްގެ ޖަލުތަކުގައި މިއަހަރު ފުރަތަމަ ފަހަރަށް ތަރާވީސް ނަގާމު ކުރާ ގޮތަށް ހަމަޖައްސައިފިއެވެ.
ކަރެކްޝަން އިން ބުނީ ޖަލުތަކުގެ މިސްކިތްތަކުގައި ފުރަތަމަ ފަހަރަށް ރަސްމީކޮށް ތަރާވީސް ނަމާދާއި، ގައިދީންނާއި ބަންދު މީހުންނަށް ދީނީ ސެޝަންތައް ކުރިއަށް ގެންދިއުމުގެ އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށެވެ.
އެގޮތުން އެކަމަށް ބޭނުންވާ ހާފިޒުން ހަމަޖައްސާފައިވާ ކަމަށް އެ ހިދުމަތުން ބުންޏެވެ.
ރޯދަ މަސް ފެށުމުގެ ކުރިން، މާފުށީ ޖަލާއި އައްސޭރި ޖަލުގެ އޮފިސަރުންނަށް ވެސް ވަނީ ދީނީ ސެޝަންތަކެއް ހިންގައިފަ އެވެ. މި ސެޝަންތައް އެ ހިދުމަތުން ކުރިއަށް ގެންގޮސްފައި ވަނީ އިސްލާމިކް މިނިސްޓްރީއާ ގުޅިގެންނެވެ.
ކަރެކްޝަންސް އިން މިދިޔަ ހޯމަ ދުވަހު ވަނީ ހުޅުމާލެ ޖަލުގައި ތިބި ގައިދީންނަށް ރޯދަ މަހާ ގުޅުވައިގެން އެ ފަރާތްތަކުގެ އާއިލާތަކާއެކު އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކުރުމަށް ހާއްސަ ހަފްލާއެއްވެސް ބާއްވައިފައެވެ.


