ޚަބަރު

ކުޑަފަރީގައި ސިޔާމުގެ ޚަރަދުގައި ބިނާކުރި މިސްކިތް ހުޅުވައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ނ. ކުޑަފަރީގައި މަޝްހޫރު ވިޔަފާރިވެރިޔާ މުޙައްމަދު ސިޔާމުގެ ޚަރަދުގައި ބިނާކުރި މިސްކިތް ހުޅުވައިފިއެވެ.

Ads by Allied

މި މިސްކިތް ހުޅުވައި، އެ މިސްކިތުގައި އިމާމުވެ ނަމާދު ކުރީ ވެސް ސިޔާމެވެ. މިއީ 150މީހުންނަށް ޖަމާޢަތުގައި ނަމާދު ކުރެވޭނެ ޖާގައިގެ މިސްކިތެކެވެ. އަދި މި މިސްކިތް ބިނާކޮށްފައި ވަނީ ދިވެހީންގެ ޤަދީމީ ތާރީޚާއި ސަގާފަތާއި ދިވެހީންގެ މަސައްކަތްތެރިކަމުގެ ތެރޭގައި ހިމެނޭ ހިރިގަލާއި ލަކުޑީގެ ވަޑާމާއި ލިޔެލާޖެހުމުގެ މަސައްކަތްތެރިކަމުގެ ފަންނާއި ހުނަރު ވަރަށް ފުރިހަމައަށް ފެންނާނެ ހެންނެވެ.

ސިޔާމްގެ ބައްޕަގެ ހަނދާނުގައި ބިނާކުރި މި މިސްކިތުގެ ނަމަކީ "މަސްޖިދުލް މުޙައްމަދު ޤާސިމް"އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!