ޚަބަރު

ރައީސުލްޖުމްހޫރިއްޔާ، ޖަޕާނުގެ ބޮޑުވަޒީރަށް ތަހުނިޔާ ފޮނުއްވައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ޖަޕާނުގެ ބޮޑުވަޒީރުކަމުގެ މަޤާމަށް ހަރ. އެކްސަލަންސީ ސަނޭ ޓަކައިޗީ، އަލުން އިންތިހާބުކުރުމާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، އެކަމަނާއަށް ހޫނު މަރުޙަބާއެއް ދަންނަވައި، ތަހުނިޔާ ފޮނުއްވައިފިއެވެ.

Ads by STELCO

ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި، އެޤައުމުގެ ޤާނޫނު ހަދާ މަޖިލިހުން އެކަމަނާ އައު ދައުރަކަށް ހޮއްވެވުމަކީ ބޮޑުވަޒީރުކަމުގެ ލީޑަރޝިޕާއި ތަޖުރިބާއާއި ޤާބިލުކަމާ އެކު، އެކަމަނާގެ ޒަޢާމަތުގައި ޖަޕާނަށް އިތުރު ކުރިއެރުމާއި ތަރައްޤީ ހޯއްދަވައި ދެއްވޭނެ ކަމުގެ ފުރިހަމަ އިތުބާރާއި ޔަޤީންކަން އެބައޮތްކަން ދައްކުވައިދޭ ކަމެއްކަމުގައި ވަނީ ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމާއި ގާތްގުޅުމަށް 2027ވަނަ އަހަރު 60އަހަރު ފުރޭކަން ފާހަގަކުރައްވައި، ޖަޕާނުން ދިވެހިރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް ކެނޑިނޭޅި ފޯރުކޮށްދެމުންދާ އެހީތެރިކަމަކީ ދިވެހި ރައްޔިތުން އެކަމަކަށް، އިޚްލާޞްތެރިކަމާއެކީ ޝުކުރުވެރިވާ ކަމެއްކަމަށް ފާހަގަކުރައްވާފައެވެ.

ހަމައެހެންމެ ބޮޑުވަޒީރުކަމުގެ އައު ދައުރުގައި ދެ ޤައުމުގެ ރައްޔިތުންގެ ލާބައަށްޓަކާ މިހާރު އޮތް ގުޅުން އިތުރަށް ހަރުދަނާކުރެއްވުމަށް މަސައްކަތްޕުޅު ކުރެއްވުމުގެ ޢަޒުމުގައި ހުންނެވިކަން ރައީސް ހާމަކުރެއްވިއެވެ. އަދި އެ މަނިކުފާނުގެ ސިޓީފުޅު ނިންމަވާލައްވާފައި ވަނީ ބޮޑުވަޒީރަށް ކާމިޔާބީއާއި، ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގެން، ޖަޕާނުގެ ރައްޔިތުންނަށް އަމަންއަމާންކަމާއި ކުރިއެރުމަށް އެދިވަޑައިގަންނަވަމުންނެވެ.

Ads by PNC
  1. ދަންނަމޭ

    ޖަޕާނުން މާލެ އާއި ރަސްމާލެ ދެމެދު ތިންބުރީގެ ރިންގް ބްރިޖެއް އެޅުމަށް ޓަކައި ޖަޕާނުން ތިން ޓްރިލިއަން ޑޮލަރުގެ ލޯނެއް ނަގަންވީއޭ އެތަނުން އެއް ޓްރިލިއަން ޑޮލަރު ޖަޕާނުން ޖެހޭނީ ހިލޭދޭން ސަބަބަކީ އެއީ ޖަޕާނުން ދެވަނަ ބޮޑު ހަނގުރާމައިގައި ރާއްޖެ އަށް ދިން ގެއްލުމުގެ ބަދަލޭ ޖަޕާނުން ރާއްޖެ އަށް އެހީއެއް ނުވާތާ 25 އަހަރު ވަނީއޭ އަހަރަކު ޖަޕާނުން އެބަޖެހޭ ރާއްޖެއަށް 500 މިލިއަން ޑޮލަރުގެ ހިލޭ އެހީހާއި 2 ޓްރިލިއަން ޑޮލަރުގެ ލޯން އެހީވާން މިކަން ކަން ފޮރިންގް މިނިސްޓަރަށް ނުކުރެވިގެން އުޅެނީ ގަމާރު ބީތާ އެމްޑީޕީގެ މުއްލާ އަކު ޖަޕާނު ސަަފީރަކަށް ލައިގެން އުޅޭތީއޭ އެ ގަމާރު މިހާރުވެސް ކެމްޕެެއިން ކުރަނީ އެމްޑީޕީ އަށޭ އެމްޑީޕީ ކުއްތާ އިން ތަކާއި އޭނާާ ބަރާބަރަށް ބައްދަލު ކުރޭ އެކަން ދަންނަމޭ މަމެން…