ދީނަށް ފުރައްސާރަ ކުރަމުންދިޔަ ޢާމިރު ފުލުހަށް ހާޒިރުވާން އަންގައިފި
މީސްމީޑިއާގައި ދީނަށް ފުރައްސާރަ ކުރަމުންދިޔަ އަޙްމަދު ޢާމިރު (ބޫ)ތަޙްޤީޤަށް ހާޒިރުވާން އަންގައިފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، މީސްމީޑިއާގެ އެކި ޕްލެޓް ފޯމްތަކުގައި އިސްލާމް ދީނަށް ތައުހީނުކޮށް، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަމަށް ބުރޫއަރާ ފަދަ ވާހަކަ ދެއްކުމާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ނައްތާލުމަށް ގޮވާލައި ވާހަކަ ދައްކާފައިވާ މައްސަލައާ ގުޅިގެން ފުލުހުން ތަޙުޤީޤު ކުރަމުންދާ މައްސަލައެއްގެ ތަޙުޤީޤަށް އަޙްމަދު ޢާމިރު (51އ)، ހ. ފިލިކުރިގެ / މާލެ ،2026މާރިޗު 10ވަނަ ދުވަހުގެ 16:00އަށް ފުލުހަށް ޙާޟިރުވުމަށް ދަންނަވާ ކަމަށެވެ.
އިސްވެ ބަޔާންކުރެވުނު ފަރާތް، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަޙުޤީޤަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަޙުޤީޤަށް ހާޒިރުވުމަށް އަންގައި އިއުލާންކުރާ ކަމަށް ފުލުހުން ބުނެއެވެ.

