ޚަބަރު

ރޭ , ބްރިޖު ކައިރީ ހިނގި އެކްސިޑެންޓުގައި އަނިޔާވި 16އަހަރުގެ ކުއްޖާ ނިޔާވެއްޖެ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ރޭ، ބޮޑުތަކުރުފާނު މަގު، ބުރިޖު ކައިރީ ހިނގި އެކްސިޑެންޓުގައި އަނިޔާވި 16އަހަރުގެ ކުއްޖާ ނިޔާވެއްޖެއެވެ.

Ads by Allied

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މި އެކްސިޑެންޓް ހިނގީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ، ޕޭމަންޓް މައްޗަށް އަރައިގެންކަމަށެވެ. އަދި ރޭ 1:30ކަންހާއިރު ހިނގި މި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން 19އަހަރުގެ ފިރިހެންމީހާއާއި ފަހަތުގައި އިން 16އަހަރުގެ ކުއްޖާއަށް އަނިޔާވެގެން ހޮޮސްޕިޓަލަށް ގެންދިޔަ ކަމަށާއި 16އަހަރުގެ ކުއްޖާ ނިޔާވެފައިވާ ކަމަށެވެ.

ސައިކަލް ދުއްވަން އިން މީހާއަކީ ސައިކަލް ދުއްވުމުގެ ލައިސަންސް ނޯންނަ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ފުލުހުންގެ ޚިދުމަތުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން ރަމަޟާން މަސް ފެށުނު ފަހުން މާލެ ސަރަޙައްދުގައި ހިނގާ އެކްސިޑެންޓުތައް ވަނީ ވަރަށް ބޮޑަށް ގިނަ ވެފައެވެ. އެ ގޮތުން މި ފެބްރުއަރީ މަހުގެ 15އިން 21ގެ ނިޔަލަށް މާލެ ސަރަހައްދުގައި 41އެކްސިޑެންޓް ހިނގައިފައި ވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!