ޚަބަރު

ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގައި ތިބި ދިވެހިން ސަމާލުވާން އެދިއްޖެ

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
ބަހްރައިންގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްއަށް ހަމަލާދީފައި --

އިޒްރޭލާއި އެމެރިކާއިން އީރާނަށް މިއަދު ދިން ހަމަލާތަކާއި، އެޔާ ވިދިގެން އީރާރުން ގަލްފު ގައުމުތަކަށް ދެމުންދާ ރައްދު ހަމަލާތަކާ ގުޅިގެން، މެދުއިރުމަތީގެ ގައުމުތަކުގައި ދިރިއުޅޭ އަދި ދަތުރުކުރާ ދިވެހިން ސަމާލުވުމަށް ސަރުކާރުން އިލްތިމާސްކޮށްފިއެވެ.

Ads by PNC

އީރާނަށް ދިން ހަމަލާއާ ގުޅިގެން އެ ގައުމުން ދަނީ މެދުއިރުމަތީގެ އެކި ގައުމުތަކުގައި އެމެރިކާއިން ގާއިމްކޮށްފައި ހުރި އަސްކަރީ މަރުކަޒުތަކަށް ބޮން އަޅަމުންނެވެ. އޭގެތެރޭގައި ސައުދީ އަރަބިއްޔާ، ގަތަރު، ޔޫއޭއީ އަދި އުރުދުން ފަދަ ގައުމުތައް ހިމެނެއެވެ.

މި ހަމަލާތަކާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ހާއްސަކޮށް ހަމަލާ އަމާޒުވަމުންދާ ގައުމުތަކުގައި މިވަގުތު ތިބި ދިވެހިން ބޭރުތެރެއަށް ނުކުމެ އުޅުން ވީހާ ވެސް މަދުކޮށް، އެ ގައުމެއްގެ ސަރުކާރުން ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

އެ ސަރަހައްދުގައި މިވަގުތު ތިބި ދިވެހިން ހާލަތު، މިނިސްޓްރީންނާއި މެދުއިރުމަތީގައި ހުންނަ ރާއްޖޭގެ އެމްބަސީތަކުން ބަލަމުންދާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އޭގެ އިތުރުން، ބޭނުންވެއްޖެ ހިނދެއްގައި ކޮންސިއުލާ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން، އެ ސަރަހައްދުގައި އުޅޭ އެންމެހާ ދިވެހިން ވީ އެންމެ އަވަހަކަށް، އެންމެ ކައިރީގައި ހުރި ދިވެހި އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް ވެސް މިނިސްޓްރީން ވަނީ އެދިފައެވެ.

މިނިސްޓްރީން ވަނީ އެ ސަރަހައްދުތަކުގައި ކުރި އެމްބަސީތަކާއި މިނިސްޓްރީގެ ހޮޓްލައިން ނަންބަރުތައް ވެސް ހިއްސާކޮށްފައެވެ.

  • ދޯހާގައި ހުންނަ ރާއްޖޭގެ އެމްބަސީ: 97451777896+
  • ޔޫއޭއީގައި ހުންނަ ރާއްޖޭގެ އެމްބަސީ: 97126740200+
  • ސައުދީގައި ހުންނަ ރާއްޖޭގެ އެމްބަސީ: 966506894477+
  • ފޮރިން މިނިސްޓްރީގެ ކޮންސިއުލާ ހޮޓްލައިން: 7983400(ވަޓްސްއެޕް)

މެދުއިރުމަތީގައި މިހާރު ބަދަލުކުރަމުންދާ ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބޮޑެތި އެއާލައިންތަކުގެ ދަތުރުތައް ވެސް ވަނީ ކެންސަލްކޮށްފައެވެ. ރާއްޖޭން އެ ސަރަހައްދަށް ދަތުރުކުރާ ގިނަ ފްލައިޓްތައް ވެސް މިހާރު ވަނީ ކެންސަލްކޮށްފައެވެ.

  1. ބަރުބާދު

    އެމެރިކާ ބަރުބާދު އެމެރިކާ ބަރުބާދު އެމެރިކާ ބަރުބާދު އެމެރިކާ ބަރުބާދު އެމެރިކާ ބަރުބާދު އެމެރިކާ ބަރުބާދު އެމެރިކާ ބަރުބާދު އެމެރިކާ ބަރުބާދު އެމެރިކާ ބަރުބާދު އެމެރިކާ ބަރުބާދު އެމެރިކާ ބަރުބާދު އެމެރިކާ ބަރުބާދު އެމެރިކާ ބަރުބާދު އެމެރިކާ ބަރުބާދު އެމެރިކާ ބަރުބާދު އެމެރިކާ ބަރުބާދު އެމެރިކާ ބަރުބާދު އެމެރިކާ ބަރުބާދު އެމެރިކާ ބަރުބާދު އެމެރިކާ ބަރުބާދު އެމެރިކާ ބަރުބާދު އެމެރިކާ އެމެރިކާ ބަރުބާދު އެމެރިކާ ބަރުބާދު އެމެރިކާ ބަރުބާދު އެމެރިކާ ބަރުބާދު އެމެރިކާ ބަރުބާދު އެމެރިކާ ބަރުބާދު އެމެރިކާ ބަރުބާދު އެމެރިކާ ބަރުބާދު އެމެރިކާ ބަރުބާދު އެމެރިކާ ބަރުބާދު އެމެރިކާ ބަރުބާދު އެމެރިކާ ބަރުބާދު އެމެރިކާ ބަރުބާދު އެމެރިކާ ބަރުބާދު އެމެރިކާ ބަރުބާދު އެމެރިކާ ބަރުބާދު އެމެރިކާ ބަރުބާދު އެމެރިކާ ބަރުބާދު އެމެރިކާ ބަރުބާދު އެމެރިކާ ބަރުބާދު އެމެރިކާ ބަރުބާދު އެމެރިކާ ބަރުބާދު ބަރުބާދު ބަރުބާދު ބަރުބާދު ބަރުބާދު ބަރުބާދު ބަރުބާދު ބަރުބާދު ބަރުބާދު ބަރުބާދު