ޚަބަރު

މިސްކިތަކަށް ގެއްލުން ދިން މީހާ މި ފަހަރު ހައްޔަރުކުރީ ދުވާލު އާންމުތަނެއްގައި ކައިގެން

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ނައުޝާދު މޫސާ--

މިސްކިތަކަށް ގެއްލުން ދިން މައްސަލައެއްގައި 2024ވަނަ އަހަރު ހައްޔަރުކުރި ގ. މާލެހިޔާ 2 13-02އުމުރުން 30އަހަރުގެ ނައުޝާދު މޫސާ ދުވާލު އާންމުތަނެއްގައި ކައިގެން ހައްޔަރުކޮށްފިއެވެ.

Ads by Allied

ކްރިިމިނަލް ކޯޓުން މިއަދު ނެރުނު ބަންދު އަމުުރުގައި ބުނެފައިވާ ގޮތުން އެ މައްސަލައިގައި އޭނާ 15ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފައެވެ.

ނައުޝާދު ކުރިން ހައްޔަރުކުރީ ފުރުގާން މިސްކިތުގައި ހުރި ހަތިމުތައް އުކާލައި، އެ މިސްކިތައް ގެއްލުންދިން މައްސަލައާ ގުޅިގެންނެވެ.

އޭނާ ވަނީ އެ މިސްކިތުގައި ހުރި ހަތިމުތައް މުޅި ތަނަށް އުކާލައި، އިމާމު ހުންނަ ދިމާލުގައި ހުރި ކަރަންޓު ބޯޑުތަކާއި އެއަށް ޖަހާފައި ހުރި އެޑެޕްޓަރުތައް ވެސް ހަލާކުކޮށްލާފައެވެ.

އެ މައްސަލައިގައި ހައްޔަރުކުރި ނަމަވެސް އޭނާއަށް އޭރު ހުކުމެއް އައިކަމެއް ސާފެއް ނުވެއެވެ.

  1. އިންސާފް

    ވަރަށް ދެކެފަރިތަ މީހެއްއެއީ ދުވަހަކުވެސް ވާހަކަ ދައްކައެއް ނުހަދަން އެކަމު ފާހަގަކޮލެވޭކަމެއް އެހެންމީހުންނާއެކު ތަންތާ އިށީނދެލައިގެން ތިބޭއިރު އަނެކުން ކިތަންމެވަރަކަށް ވާހަދެއްކިޔަސް ކުރު ޖަވާބުދޭކަން ގިނަފަހަރު ބޯޖަހާލަނީ އަނެއްހެން މަގުމަތީގައި އުޅޭއިރުވެސް ހިޔެއްނުވޭ އެހާ ބޯހަމަޖެހޭހެނެއް އަޅުގަނޑުގެ އެދުމެއް އެއީ ކަމާ ގުޅުންހުރި އިދާރާތަކުން އޭނަގެ ޓެސްޓެއް އެއްޗެއްހަދާލާފަ ޗެކްކޮށްލާފަ އޭނާގެ އާއިލާގެ މީހަކަށް އަންގަން ޗޭނުޖަހާފަވެސް ގެއިން ނުނިކުމެވޭގޮތް ހަދާފަބޭއްވުމަށް ސަރުކާރުން ވަކިތަނަކަށް ގެންދެވެންދެން.މިހާރު ތިހުރިތަނަކީ އެއްދޮރުންވައްދާފަ އަނެއްދޮރުން ނެރޭތަނެއްވިއްޔަ.

    • ޢަޒްލާ

      ތަންކޮޅެއް ކުރިން ކޮންމެސް ވެލެޒިނީއެއްވެސް ތިހެން އުޅުނު މަގުމަތީގަ އައުގުރާނި ގޮވާ ތިމަންނާ މީ މިވެނި މީހެކޭ ކިޔައިގެން ދެން ގެންދިޔައީ ހޮސްޕިތަލަށް ގޮއްސަ ހެދި ޓެސްޓުން އެނގުނީ އެމަންޖެ ސައިކޯ ނުވަތަ ނަފުސާނީ މީހެއްކަން އެހެނވެ ހުދު ފޮތިކޮޅަކަށްވެ ސާފް ކޮއްގެން ގެައްދިޔައީ