ޚަބަރު

ޓެކްސީ ލައިންގެ ހިދުމަތް އީދަށް ފަށަން ދަނީ ތައްޔާރުވަމުން: މިނިސްޓަރު

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބް

ސަރުކާރުން އެމްޓީސީސީ މެދުވެރިކޮށް ފަށަން އުޅޭ ޓެކްސީލައިންގެ ހިދުމަތް އީދަށް ފަށަން ތައްޔާރުވަމުންދާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

Ads by PNC

ޓެކްސީ ލައިންގެ ހިދުމަތް ފަށަން މީގެ ކުރިން ދެ ތާރީހެއް ސަރުކާރުން ދިނެވެ. އެގޮތުން މިދިޔަ ޖުލައި އަދި އޮގަސްޓު މަހު ފަށަން ތާރީހު ދިން ނަމަވެސް މިހާތަނަށް ވެސް އެކަން އޮތީ ނުފެށިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ ޓެކްސީ ލައިން ފަށަން ގެންނަ ވެހިކަލްތައް ދެ ބެޗަކަށް ބަހާލައިގެން ގެންނާނެ ކަމަށާއި އެ ގޮތުން މިމަހުގެ 11ވަނަ ދުވަހު އެއް ބެޗް ރާއްޖެ އަންނާނެ ކަމަށާއި އަދި ދެވަނަ ބެޗު އަންނާނެ ތާރީހު އަންނަ ހުކުރު ދުވަހު އެނގޭނެ ކަމަށެވެ.

އަދި އެމްޓީސީސީން އަމާޒު ހިފާފައި އޮތީ އީދަށް ޓެކްސީ ލައިންގެ ހިދުމަތް ފެށުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ސަރުކާރުން ޓެކްސީ ލައިނެއް ތައާރަފުކުރާތީވެ ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތަކެއް އެބައޮތެވެ. އެ މީހުން ބުނަނީ ޓެކްސީ ފްލީޓެއް ތައާރަފުކުރުމަކީ ޓެކްސީ ދުއްވާ ފަރާތްތަކާއި ޓެކްސީ ސެންޓަރުތައް ހިންގާ ފަރާތްތަކުގެ އިތުރުން ކުއްޔަށް ކާރު ދުއްވާ ފަރާތްތަކުގެ ދިރިއުޅުމަށް ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމަށެވެ.

ނަމަވެސް ސަރުކާރުން ބުނެފައި ވަނީ ޓެކްސީ ލައިނެއް ތައާރަފުކުރަނީ އެއްވެސް ވިޔަފާރިއެއް "ކެޕްޗާ" ކުރުމުގެ ބޭނުމުގައި ނޫން ކަމަށާއި ޓެކްސީ ޑްރައިވަރުން ކަންބޮޑުވާން ނުޖެހޭނެކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!