Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

2.6 ގުރާމު މަސްތުވާތަކެއްޗާ އެކު ކުޅުދުއްފުށި ސިޓީން މީހަކު ހައްޔަރުކޮށްފި

2.6 ގުރާމު މަސްތުވާތަކެއްޗާ އެކު ކުޅުދުއްފުށި ސިޓީން މީހަކު ހައްޔަރުކޮށްފި

2.6ގުރާމު މަސްތުވާތަކެއްޗާ އެކު ކުޅުދުއްފުށި ސިޓީން މީހަކު ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ހދ. ކުޅުދުއްފުށި / ޕިޔާނާގެ، މުޙައްމަދު މޫސާ (36އ)ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުޙުމަތުގައި މި މަހުގެ 5ވަނަ ދުވަހު ކަމަށެވެ.

މީގެ އިތުރުން ކޯޓު އަމުރެއްގެ ދަށުން ކުޅުދުއްފުށި ފުލުހުން ހިނގި ޚާއްޞަ އޮޕަރޭޝަނެއްގައި މުޙައްމަދު މޫސާ ބަލައި ފާސްކޮށް، މަސްތުވާތަކެތި ހޯދާފައިވާ ކަމަށް ވެސް ފުލުހުން މަޢުލޫމާތުދެއެވެ. އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ހަތް ދުވަހުގެ މުއްދަތަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

Advertisement
Allied — Dhen Online (box)

މި މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ގެންދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް