ޚަބަރު

ތިން ކިލޯގެ ޑުރަގާ އެކު ހައްޔަރުކުރި ބިދޭސީއަކަށް އަނިޔާކުރިކަމަށް ބުނެ މައްސަލަ އެޗްއާރުސީއެމްއަށް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ހަނީފް/ ބަނގުލަދޭޝް

ތިން ކިލޯގެ ޑުރަގާ އެކު ހައްޔަރުކުރި ބިދޭސީއަކަށް އަނިޔާކުރިކަމަށް ބުނެ މައްސަލަ އެޗްއާރުސީއެމްއަށް ހުށަހަޅައިފިއެވެ.

Ads by PNC

ތިން ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާ އެކު ބަނގުލަދޭޝްއަށް ނިސްބަތްވާ ހަނީފް(36އ) ދިވެއްސަކާ އެކު ހައްުޔަރުކުރީ މިދިޔަ މަހުގެ 20ވަނަ ދުވަހުއެވެ. އަދި އޭގެ ފަހުން ހަނީފް ހުރީ ޖަލުގައި ބަންދުކޮށްފައެވެ.

ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައި ބުނެފައިވާގޮތުން އިއްޔެއިން ފެށިގެން އޭނާގެ ބަންދަށް ވަނީ އިތުރު 30ދުވަސް ޖަހައިފައެވެ.

ބަންދު އަމުރުގައި ބުނެފައިވާގޮތުން ފުލުހުން ހަނީފްއަށް އަނިޔާކޮށްފައިވާ ކަމަށް ބުނެ އޭނާ ވަނީ އެ މައްސަލަ އެޗްއާރުސީއެމްއަށް ވެސް ހުށަހަޅައިފައެވެ. ނަމަވެސް އަނިޔާގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ހަނީފްއާއެކު އެ މައްސަލައިގައި ހައްޔަރުކުރީ ގއ. މާމެންދޫ، ފިޔާތޮށިވިލާ، އަޒުހަދު ނަސީމް(28އ)އެވެ. ހަނީފްއަކީ އަޒުހަދުގެ މުވައްޒަފެއް ވެސް މެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!