ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މާވަށުން މީހަކު ހައްޔަރު ކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ލ. މާވަށުން މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ލ. މާވަށް، ބޭސްގެ، މުހައްމަދު އިބްރާހިމް، 43ކަމަށެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް އެރަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިންނެވެ.
ފުލުހުން ބުނީ މިމަހުގެ 10ވަނަ ދުވަހުގެ ރޭ ފުލުހުން ރަށުތެރެ ޕެޓްރޯލް ކުރަމުން ދިޔައިރު، އޭނާއާ މެދު ތުހުމަތުކުރެވިގެން ހުއްޓުވައި، ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 63ރަބަރު ޕެކެޓް ފެނިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން މުހައްމަދު އިބްރާހިމްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15ދުވަހަށް ވަނީ ބަންދުކޮށްފައެވެ.